އައްޑޫ ސިޓީއަށް ދަތުރު ކުރި ލޯންޗެއް ގެއްލިގެން ހޯދަނީ

ގދ. ފިޔޯރީން ފުރައިގެން އައްޑޫ ސިޓީއަށް ދަތުރު ކުރި ލޯންޗެއް ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަން ފަށައިފި އެވެ. އެ ދަތުރުގައި ލޯންޗުގައި ހަތަރު ދިވެހިން ތިއްބެވެ. އެ ދަތުރަކީ ފިޔޯރީން ލޯންޗު...

06 Feb 2020 | 20:38

ގދ. ފިޔޯރީން ފުރައިގެން އައްޑޫ ސިޓީއަށް ދަތުރު ކުރި ލޯންޗެއް ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަން ފަށައިފި އެވެ.

އެ ދަތުރުގައި ލޯންޗުގައި ހަތަރު ދިވެހިން ތިއްބެވެ. އެ ދަތުރަކީ ފިޔޯރީން ލޯންޗު ގަނެގެން ހިތަދޫއަށް ކުރާ ދަތުރެވެ.

އެމްއެންޑީއެފުން ބުނީ "މިހޯ ޕެލަސް" ލޯންޗުގެ ޚަބަރެއް ނުވެގެން ސިފައިންނަށް ރިޕޯޓު ލިބުނީ މިރޭ 11:33 ހާއިރު ކަމަށެވެ. ހިތަދު އަށް ދާން އެ ލޯންޗު ފުރީ އިރުއޮއްސި 6:45 ހާއިރު ކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން ބުންޏެވެ.

ލޯންޗުގައި ހުރި މީހަކާ ދަންވަރު 12:05 ހާއިރު ގުޅުމަށް ފަހު، ދެއްކި ވާހަކަ ސާފުނުވެ އުޅެނިކޮށް ފޯނުގެ ރޭންޖު ކެނޑިފައިވާ ކަމަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ލޯންޗު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާގެ ކޯސްޓް ގާޑް ސްކޮޑަން ވަނީ އެ ލޯންޗު ހޯދުމަށް ހަރަކާތްތެރިވާން ފަށައިފަ އެވެ. އަދި ކޯސްޓް ގާޑް، ދޮށިމޭނާ ލޯންޗުން ދަނީ ހިތަދޫ ކޯއްޓޭ ސަރަހައްދުން ފެށިގެން 14 މޭލު ބޭރުން ލޯންޗު ފެނޭތޯ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް