ވަކީލުކަމަށް އައްޔަނުވުމަށްއެދޭ ފޯމް އީމެއިލްގެ ޒަރީއާއިން ބަލައިގަންނަން ފަށައިފި

ފުލުހުންގެ ބަންދުގައި ހުންނަ މީހާގެ ޤާނޫނީ ވަކީލުކަމަށް އައްޔަނުވުމަށް އެދި ހުށަހެޅޭގޮތަށް ހަމަޖައްސަވައިފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި ފުލުހުންގެ ބަންދެއްގައި ހުންނަ 18 އަހަރުން މަތީގެ މީހެއްގެ ...

07 Feb 2019 | 11:29

ފުލުހުންގެ ބަންދުގައި ހުންނަ މީހާގެ ޤާނޫނީ ވަކީލުކަމަށް އައްޔަނުވުމަށް އެދި ހުށަހެޅޭގޮތަށް ހަމަޖައްސަވައިފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ފުލުހުންގެ ބަންދެއްގައި ހުންނަ 18 އަހަރުން މަތީގެ މީހެއްގެ ޤާނޫނީ ވަކީލުކަމަށް ޢައްޔަނުވުމަށްޓަކައި “ޤާނޫނީ ވަކީލަކަށް ޢައްޔަނުވުމަށް އެދޭ ފޯމް” ފުރުމަށްފަހު ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓަށް ހުށަހެޅުމުން، އެފޯމްގައި ބަޔާންކޮށްފައިވާ ޤާނޫނީ ވަކީލަކީ ބަންދުގައި ހުންނަ މީހާ ޤަބޫލު ކުރާ ވަކީލެއްނަމަ އެ ޤާނޫނީ ވަކީލަކު، ބަންދުގައި ހުންނަ 18 އަހަރުން މަތީގެ މީހާގެ ޤާނޫނީ ވަކީލަކަށް ޢައްޔަނުކޮށްދެވޭނެއެވެ.

ޤާނޫނީ ވަކީލަކަށް ޢައްޔަނުވުމަށް އެދި ހުށަހަޅާ ވަކީލަކީ ބަންދުގައިވާ މީހާގެ ޢާއިލާގެ ފަރާތުން ނުވަތަ ކުންފުންޏެއްގެ ފަރާތުން އިޚްތިޔާރުކޮށްފައިވާ ޤާނޫނީ ވަކީލެއްނަމަ އެވަކީލަކު ފޮނުވި ފަރާތުގެ ސިޓީއެއް މި ފޯމާއި އެކު ހުށަހަޅަން ޖެހޭނެއެވެ. އަދި މީގެ އިތުރުން އާޢިލާއިން ފޮނުވާ ޤާނޫނީ ވަކީލެއްނަމަ އެވަކީލަކު ފޮނުވީ ބަންދުގައިހުރި މީހާގެ އާއިލާގެ ކޮންފަރާތަކުންކަން އަންގައިދޭ ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށާއި ނަމަވެސް އަމިއްލަގޮތުން ވަކީލަކަށް އެދި ޢައްޔަނުވާން ހުށަހަޅާއިރު އެއްވެސް ފަރާތެއްގެ ސިޓީއެއް ހުށަހަޅާކަށް ނުޖެހޭނެ ކަމުގައި ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ބަންދުގައި ހުންނަ މީހާގެ ޤާނޫނީ ވަކީލުކަމަށް އެދި “ޤާނޫނީ ވަކީލަކަށް ޢައްޔަނުވުމަށް އެދޭ ފޯމް” ފުރުއްވުމަށްފަހު މެއިލް ކުރައްވާނީ އެ ޤާނޫނީ ވަކީލެއްގެ އަމިއްލަ އީމެއިލް އެޑްރެހަކުންނެވެ. އަދި ލޯ ފާމެއް ނަމަ އެ ލޯ ފާމެއްގެ ރަސްމީ މެއިލް އެޑްރެހުން ކަމަށެވެ.

މިގޮތަށް ޢަމަލުކުރަން ފެށުމުން ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓަށް ހާޒިރުނުވެ، ކޮންމެތާކުހުންނަވައިގެންވެސް އީމެއިލްގެ ޒަރީއާއިންވެސް ފޯމް ހުށަހެޅުމުގައި ލުއި ފަސޭހަވެގެންދާނެއެވެ. މީގެ އިތުރުން ” ބަންދުގައިވާ މީހާއަށް ޒިޔާރަތްކުރުމަށް އެދޭ ފޯމް” ވެސް މިއަދުން ފެށިގެން އީމެއިލްގެ ޒަރީޢާއިން ހުށަހެޅޭނެ ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ފޯމް ބަލައިގަންނާނީ ކަސްޓޯޑިއަލްގެ ރިސެޕްޝަނުން، ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ 08:45ން 12:00ށް، 13:00ން 15:30ށް، 16:30ން 19:00ށް، އަދި 20:00ން 23:00ށެވެ. ހުކުރު ދުވަހު 14:00ން 15:30ށް، 16:30ން 19:00ށް އަދި 20:00ން 23:00ށެވެ.

ފުލުހުން ހާމަކުރައްވާފައިވާގޮތުގައި ފޯމް މެއިލްކުރައްވާނީ: [email protected]  އަށެވެ.

ފޯމް ލިބެން ހުންނާނީ ކަސްޓޯޑިއަލް ރިސެޕްޝަނުންނާއި ތިރީގައިވާ ލިންކުންނެވެ.

http://www.policelife.mv/uploads/downloads/application-forms-6/0b00e40bdbf8d2f85d6261a37c625ffa.pdf

http://www.policelife.mv/uploads/downloads/application-forms-6/e8c97120ffe1de459590c743bde01235.pdf

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް