ނެއިބަހުޑް ޕޮލިސްގެ ހިދުމަތް އަތޮޅު ތެރޭގައި ފަށަނީ

ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރުމުގެ މަގުސަދުގައި މާލޭ ސަރަހައްދުގައި ކުރިއަށްގެންދާ "ނޭބަހުޑް ސަޕޯޓް ސާވިސް" މިއަހަރުގެ ތެރޭގައި އަތޮޅުތަކުގައިވެސް ފަށާނެ ކަމަށް ރައީސް އިބްރާހީމް މުހައްމ...

07 Feb 2019 | 10:57

ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރުމުގެ މަގުސަދުގައި މާލޭ ސަރަހައްދުގައި ކުރިއަށްގެންދާ "ނޭބަހުޑް ސަޕޯޓް ސާވިސް" މިއަހަރުގެ ތެރޭގައި އަތޮޅުތަކުގައިވެސް ފަށާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރައްޔިތުން އެދޭފަދަ ހިތްފަސޭހަ، އަމާން ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި، ރައްޔިތުންނާ ގާތުން ދިވެހި ފުލުހުންގެ ހިދުމަތް ދެވޭނެ ގޮތަށް ފުލުހުންގެ މުއައްސަސާއަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް އަންނަނީ މިހާރު ގެންނަމުން ކަމަށެވެ.

ނޭބަހުޑް ސަޕޯޓް ސާވިސް މިދިޔަ ޑިސެމްބަރ މަހުގައި ތައާރަފު ކޮށްފައިވާއިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ދަށުން އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތަކާއި އެސަރަހައްދުތަކުގައި ހިނގާ އެހެނިހެން ކުށްތައް ދެނެގަނެ ހައްލު ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި ޕްރޮގުރާމުގެ ދަށުން ކުށްމަދުކުރުމަށާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރަންވީ ގޮތުގެ މައުލޫމާތު، އެސަރަޙައްދުގައި ހިމެނޭ އާންމު ރައްޔިތުންނާ ހިއްސާކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް