މުއްސަނދިންގެ އަތުންނާއި ބޮޑެތި އާމްދަނީ ލިބޭ މީހުންގެ އަތުން އަންނަ އަހަރުން ފެށިގެން އިންކަމް ޓެކްސް ނަގަން ފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުންނެވެ.
އިންކަމް ޓެކްސް ނެގުމަކީ ރިޔާސީ ކެމްޕޭނުގައިވެސް ރައީސް ސޯލިހް ވެވަޑައިގެންނެވި ވައުދެއް ކަމުގައިވާއިރު ރައީސް މިއަދު ވަނީ އެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރައީސް ވިދާޅުވީ ޓެކްސްގެ ނިޒާމު މިހާރަށްވުރެ ފުރިހަމަކުރަން ޖެހޭ ކަމަށާއި އެގޮތުން ގެންނަން ޖެހޭ އެއް ބަދަލަކީ އާމްދަނީ ލިބޭ ނިސްބަތަށް ބިނާކޮށް އިންކަމް ޓެކްސް ނެގުންކަމުގައި ވިދާޅުވިއެވެ. އަދި އިންކަމް ޓެކްސް ނަގާނެ ގޮތުގެ ބިލެއް މި އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމުގައި ރައީސް ވިދާޅުވިއެވެ.އަދި މި އެދޭ ޖަޒީރާވަންތަ ތަރައްގީގެ ހިތް ފަސޭހަކަން ލިބެން ފަށާނީ އޭރުން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ރާއްޖޭގެ އިގްތިސާދީ ދުވެލި އެތައް ގުނައަކުން ހަލުވި ވެފައި މިވަނީ ޓެކްސްގެ ނިޒާމް ތައާރަފް ކުރުމުން ކަމަށާއި މުޅި ގައުމުގެ އިގްތިސާދީ ނަފާ އިން ދައުލަތަށް ލިބޭ މިންވަރު މިހާރަށް ވުރެން އިތުރުކުރުމަކީ ޖަޒީރާވަންތަ އިގްތިސާދަކަށް މުހިއްމު ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް