މޫނު ނިވާ ކޮށްގެން ހުރެ، ކުޅުދުއްފުށީ ފިހާރައަކުން ފޭރުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި، ކުޅުދުއްފުށީ ފިހާރައަކަށް މޫނު ނިވާކޮށްގެން މީހަކު ހުރެ މީހަކު ވަދެ ފައިސާތަކެއް ފޭރިގަން މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ، ރޭ 21:30 ހާއިރު ކަމަށެވެ. ފުލުހުން އިތުރަށް ވިދާޅުވިގޮތުގައި އެމީހާ މޫނު ނިވައި ކޮށްގެން ހުރެ ފިހާރަ ތެރެއަށް ވަދެ ފިހާރައިގައި އިން ސޭޓަށް ވަޅިން ބިރުދެއްކުމަށް ފަހު ފައިސާ ތަކެއް ފޭރިގަނެފައިވާ ކަމަށެވެ.
މިހާދިސާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވަނީ އުމުރުން 36 އަހަރުގެ ފިރެހެނެއް ކަމަށްވެސް ފުލުހުން ބުނެއެވެ. މިމައުލޫމާތު ނުން އެމީހާ އާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ފުލުހުން މީޑިއާތަކަށް ހިއްސާ ނުކުރެއެވެ. އަދި އެމީހާ ފޭރިގަނެފައި ވަނީ ކިހާ ފައިސާއެއް ކަމެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ.
މިފަހަކަށް އައިސް އެކި ދައުލަތުގެ އެކިއެކި މުވައްސަސާތަކުގައި ހުންނަ ތިޖޫރި ފަޅާލައި ވައްކަން ކުރުމުގެ މައްސަލަތައްވެސް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް