ޑީޖޭއޭ އެޑްމިން ހަސަން ސައީދު ގޮދަޑި ދަށުގައި އެތައް ބައިވަރު ފައިސާއެއް !

ގައުމުގައި ކުއްލި ހާލަތު އިއުލާނު ކޮށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހައްޔަރު ކޮށްފައިވާއިރު އޭނާ ނިދާ ގޮދަޑި ދަށުން އެތައް ބައިވަރު ފައިސާތަކެއް ފެނިފައިވާކަމަށް ފުލުހުން ބުނެފި އެވެ. މި ...

07 Feb 2018 | 13:45

ގައުމުގައި ކުއްލި ހާލަތު އިއުލާނު ކޮށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހައްޔަރު ކޮށްފައިވާއިރު އޭނާ ނިދާ ގޮދަޑި ދަށުން އެތައް ބައިވަރު ފައިސާތަކެއް ފެނިފައިވާކަމަށް ފުލުހުން ބުނެފި އެވެ.

މި ތުހުމަތުތައް ކޮށްފައިވާކަން ފުލުހުން ހާމަކޮށްފައިވަނީ ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުސް އޮފީހުގެ އެކްޓިންގް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒެވެ.

ނަވާޒު ވިދާޅުވިގޮތުގައި ހަސަން ސައީދު ހުސައިނަށް ކުރެވޭ ތުހުމަތުތަކަކީ ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށް ރިޝްވަތުގެ ފައިސާ ދިނުމާއި، ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުންކޮށްގެން މަންފާ ހޯދުމެވެ.

ކުރެވުނު ތުހުމަތުގައި ތަހުގީގަށް އެ ބޭފުޅާގެ ގެއަށް ގޮސް އެ ބޭފުޅާގެ ކޮޓަރިން، އެ ބޭފުޅާ ނިދިކުރެއްވުމަށް ބޭނުންކުރި ގޮނދަޑީގެ ދަށުން ގިނަ އަދަދެއްގެ ފައިސާ ފުލުހުނަށް ވަނީ ލިބިފައި ކަމުގައި ނަވާޒު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް