އުއްތަމަ ފަނޑިޔާރަށް ތިން ތުހުމަތެއް – ހެކި ލިބިފައިވާކަމަށް ފުލުހުން ބުނޭ !

ގައުމުގައި ކުއްލި ހާލަތު އިއުލާނު ކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކޮށްފައިވާއިރު އޭނާއަށް ތިން ތުހުމަތެއް ކުރެވިފައިވާކަމަށް ފުލުހުން ބުނެފި އެވެ. މި ތުހުމަތުތައް ކޮށްފައިވާކަން ފުލުހު...

07 Feb 2018 | 13:27

ގައުމުގައި ކުއްލި ހާލަތު އިއުލާނު ކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކޮށްފައިވާއިރު އޭނާއަށް ތިން ތުހުމަތެއް ކުރެވިފައިވާކަމަށް ފުލުހުން ބުނެފި އެވެ.

މި ތުހުމަތުތައް ކޮށްފައިވާކަން ފުލުހުން ހާމަކޮށްފައިވަނީ ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުސް އޮފީހުގެ އެކްޓިންގް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒެވެ.

ފުލުހުން ހާމަކޮށްފައިވާގޮތުގައި އުއްތަމަފަނޑިޔާރުގެ މައްޗަށް ކުރެވޭ ތުހުމަތު ތަކަކީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުއީ ހުކުމްތައް ވަކިގޮތަކަށް ކުރުމާއި، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރުމާއި، ދައުލަތް ހިންގުމަށް ހުރަސްއަޅައި ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ހުރަސް އެޅުމެވެ.

މި ތުހުމަތު ކުރެވުނު ކަންތައްތަކުގައި މި މައްސަލައާ ގުޅޭގޮތުން ހެކިބަސް ލިބި މި މައްސަލައާއި ގުޅުންހުރި އިތުރު ހެކިތައް މިވަނީ ލިބިފައިވާކަމުގައި ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް