ގައުމުގައި ކުއްލި ހާލަތު އިއުލާނު ކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފައިވާއިރު އޭނާގެ މައްޗަށް ތިން ތުހުމަތެއް ކޮށް އެކަމުގެ ހެކި ލިބިފައިވާކަމަށް ފުލުހުން ބުނެފި އެވެ.
މި ތުހުމަތުތައް ކޮށްފައިވާކަން ފުލުހުން ހާމަކޮށްފައިވަނީ ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުސް އޮފީހުގެ އެކްޓިންގް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒެވެ.
ނަވާޒު ހާމަކުރެއްވި ގޮތުގައި އަލީ ހަމީދުގެ މައްޗަށް ތިން ތުހުމަތެއް ވަނީ ކޮށްފައެއް އެގޮތުން ފައިސާ ހިފުމަށްފަހު ޝަރުއީ ހުކުމްތައް ވަކިގޮތަކަށް ކުރުމާއި، ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރުމަށް މަގާމު ނުފޫޒު ބޭނުން ކޮށްގެން މަސައްކަތް ކުރުމާއި، ދައުލަތް ހިންގުމަށް ހުރަސްއަޅައި ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ގަސްތުގައި ހުރަސްއެޅުން ހިމެނެ އެވެ.
މި ކުރެވުނު ތުހުމަތުތަކުގައި މިހާތަނަށް އައިއިރު، މި މައްސަލަ އާ ގުޅިގެން އަލީ ހަމީދާ ގުޅުންހުރިކަމަށް ގަބޫލު ކުރެވޭ ގިނަ އަދަދެއްގެ ފައިސާ ފުލުހުން ކުރި މަސައްކަތަކުން ހޯދިފައިވާކަމަށާއި އޭގެ އިތުރުން މިކަމާ ގުޅުންހުރި އިތުރުހެކިތައް ވެސް ލިބިފައިވާކަމުގައި ނަވާޒު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް