ރައީސް މައުމޫނަށް ބޮޑު ބިޔަ ހަތަރު ތުހުމަތެއް !

ގައުމުގައި ކުއްލި ހާލަތު އިއުލާނު ކުރުމަށްފަހު ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފުލުހުން ބޮޑެތި ތުހުމަތު ތަކެއް ކޮށްފި އެވެ. މި ތުހުމަތުތައް ކޮށްފައިވާކަން ފުލުހުން ހާމަކޮ...

07 Feb 2018 | 12:40

ގައުމުގައި ކުއްލި ހާލަތު އިއުލާނު ކުރުމަށްފަހު ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފުލުހުން ބޮޑެތި ތުހުމަތު ތަކެއް ކޮށްފި އެވެ.

މި ތުހުމަތުތައް ކޮށްފައިވާކަން ފުލުހުން ހާމަކޮށްފައިވަނީ ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުސް އޮފީހުގެ އެކްޓިންގް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒެވެ.

ރައީސް މައުމޫންގެ ގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދިނުމާއި، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުމާއި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކިގޮތަކަށް ހުކުމެއް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުދިނުމާއި، ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ ރޭވުންތައް ރޭވުމެވެ.

ނަވާޒު ވިދާޅުވީ ތުހުމަތު ކުރެވިފައިވާ ކަންތައްތަކަށް ހެކިތައް ވަނީ ލިބިފައި ކަމަށެވެ. އަދި އިތުރު ހެކި ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް