ދެން ނަގާ ރާޅު މާ ބޮޑުވާނެ ކަމަށްބުނެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވަރުގަދަ މެސެޖެއް ދެއްވައިފި އެވެ.
މަހްލޫފް މި މެސެޖް ރައީސަށް ރައްދު ކުރައްވާފައިވަނީ ކުރެއްވި ޓްވީޓެއްގައި އެވެ.
އެ ޓްވީޓްގައި މަހްލޫފް ވިދާޅުވެފައިވަނީ ގާނޫނު އަސާސީ ގެ އިމުގެ ތެރެއިން ޔާމީން އާ ދެކޮޅަށް ކުރި ކޮންމެ ކަމެއް އޭނަ ހުއްޓުވީ ގާނޫނު އަސާސީއާއި ހިލާފަށް ކަމަށެވެ.
"މަޖިލިސް ތަޅު އެޅުވުން، ސުޕްރީމް ކޯޓު ދޮރުވައްޓާލުން އެއީ ބައެއް މިސާލު" މަހްލޫފް ވިދާޅުވެފައި ވެ އެވެ.
މަހްލޫފް އިތުރަށް ވިދާޅުވެފައިވަނީ ބައިވެރިން މިކަމުގެ ހިތި ރަހަ ދެކޭނެ ކަމަށާއި އަދި ނުނިމޭ ކަމަށެވެ. އަދި ދެން ނަގާ ރާޅު މާ ބޮޑުވާނެ ކަމުގައިވެސް މަހްލޫފް ވިދާޅުވެފައި ވެ އެވެ.
"ޔާމީން ހިނިއައިއްސަ ނުއިންނަވާ، އަދި ނުނިމޭ، ދެން ނަގާ ރާޅު މާ ބޮޑުވާނެ" މަހްލޫފް ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް