ސަލްމާން ޚާންގެ ދިރިއުޅުމަށް އާ އަންހެންކުއްޖަކު އައީ !؟

" އަހަރެންނަށް އަންހެން ކުއްޖަކާ ދިމާވެއްޖެ " ސަލްމާން ޚާން ގެ މިޓްވީޓާއެކު ގިނަބަޔެއްގެ ހިތުގައި ސުވާލުތައް އުފެދިގެން ދިޔައެވެ. ބޮލީވުޑްގެ ސުޕަރ ސްޓާރ ސަލްމާން ޚާން އެންމެ ފަހުން ކައިވެންޏާމެދު ސީރި...

07 Feb 2018 | 06:10

" އަހަރެންނަށް އަންހެން ކުއްޖަކާ ދިމާވެއްޖެ " ސަލްމާން ޚާން ގެ މިޓްވީޓާއެކު ގިނަބަޔެއްގެ ހިތުގައި ސުވާލުތައް އުފެދިގެން ދިޔައެވެ. ބޮލީވުޑްގެ ސުޕަރ ސްޓާރ ސަލްމާން ޚާން އެންމެ ފަހުން ކައިވެންޏާމެދު ސީރިޔަސް ވީބާވައެވެ. އެއަންހެން ކުއްޖާއަކީ ކާކުބާއެވެ. ސަލްމާން ޚާންގެ ފޭނުން އެސުވާލުތައް އޮއްސާލަން ފެށުމާއެކު އެއަށް ޖަވާބުދެމުން ސަލްމާން ޓްވީޓްކުރީ މާބޮޑަށް އެކަމާހާސް ނުވުމަށާއި އެއީ ދެން އެންމެ އަވަހަށް އޭނާގެ ޕްރޮޑަކްޝަން ހައުސްއިން ނެރުމަށް ހަމަޖެހިފައިވާ ފިލްމަށް ލީޑިންގ އަންހެން ތަރިއެއް ލިބުނު ވާހަކަކަމަށެވެ.

ސަލްމާން ޚާން ގެ ޕްރޮޑަކްޝަން ހައުސްއިން ދެން އެންމެ އަވަހަށް ފަށާނީ " ލަވްރާތްރީ" ނަމަކަށް ކިޔާ ފިލްމެކެވެ. މިފިލްމުގެ ލީޑް އެކްޓްރެސްއަކީ ބޮލީވުޑްގެ ތަރި އަދި މޮޑެލްއެއް ކަމުގައިވާ ވަރީނާ ހުސައިންއެވެ. ވަރީނާ ގިނައިން ފެނިގެންގޮސްފައިވަނީ އިޝްތިހާރުތަކުންނެވެ. މިފިލްމުގެ ލީޑް އެކްޓާރ އަކީ ސަލްމާން ގެ ޅިޔަނުކަމަށްވާ އަރްޕިތާ ޚާންގެ ފިރިމީހާ އަޔުޝް ޝަރްމާއެވެ.

މިފިލްމުގެ ޝޫޓިންގ މިމަހު ފަހުކޮޅު ފެށޭނެކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް