ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިލިމާލޭގައި އައު ސެލްފް ސާވިސް ބޭންކިންގ ސެންޓަރެއް ގާއިމްކޮށް ހިދުމަތް ދޭން ފަށައިފި އެވެ.
ވިލިމާލޭގައި މި ސެންޓަރު ހުޅުވާފައިވަނީ ބީއެމްއެލްގެ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުންނެވެ. ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ހިދުމަތް ފައްޓަވައި ދެއްވީ ސީއީއޯ އެންޑްރޫ ހީލީ އެވެ.
މި ސެލްފް ސާވިސް ބޭންކިންގ ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރި ތަކަށް ފައިސާ އަދި ޗެކް ޖަމާކުރުމާއި، ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބިގެންދާނެ ކަމުގައި ބީއެމްއެލް އިން ހާމަކުރެ އެވެ. ބީއެމްއެލްގެ ވިލިމާލެ ސެލްފް ސާވިސް ސެންޓަރު ގާއިމް ކޮށްފައިވަނީ ބޮޑު ބަދަލަކާއި އެކުގައި އެވެ.
މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އެންޑްރޫ ވިދާޅުވީ މިއަދު ހުޅުވުނު އާ ސެލްފް ސާވިސް ބޭންކިން ސެންޓަރުން ވިލިމާލޭގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 33 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 92 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް