ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިހާރު ބޭނުންފުޅު ކުރައްވަމުން އެ ގެންދަވަނީ ފެއިލްވެފައިވާ ޓެކްޓިކްސް ތަކެއް ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާލުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ރޭ ކުރައްވާފައިވާ ޓްވީޓެއްގައި އެވެ.
އެ ޓްވީޓްގައި އުމަރު ވިދާޅުވެފައިވަނީ ތާރީހު އަންނަނީ އިއާދަވަމުން ކަމަށެވެ. ޖުޑީޝަރީއަށް މިފަދަ ކަންތައްތަކެއް މީގެ ހަ އަހަރު ކުރިން ކުރިމަތި ކުރުވި ކަމަށެވެ. "މިއީ ފެއިލްވެފައިވާ ޓެކްޓިކްސް" ކަމަށެވެ.
https://twitter.com/UmarNaseerMV/status/960962639416324096
ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު އާއި ގާސިމް އިބްރާހިމްގެ ދޮށީ ދަރިކަލުން ސިޔާދު ގާސިމް ދޫކޮށްލުމަށް އުމަރުގެ ޓްވީޓްގައި ރައީސް ޔާމީނަށް ގޮވާލާފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް