ޓެކްސް އެޕީލް ޓްރިބިއުނަލްގެ ރަޖިސްޓްރަރ މަގާމުން ވަކި ކޮށްފި

އެއްވެސް ފަރާތަކުން ޓެކްސް ނުދެއްކުމަށް ގޮވާލާތީ، ޓެކްސް އެޕީލް ޓްރިބިއުނަލްގެ ރަޖިސްޓްރަރ ގެ މަގާމުގައި ހުންނެވި ސ.ހިތަދޫ/ރީތިގަސްދޮށުގެ، އަލްއުސްތާޛާ މާޖިދާ މަޖުދީ، މަގާމުން ވަކި ކޮށްފި އެވެ. އެ ޓްރ...

06 Feb 2018 | 19:19

އެއްވެސް ފަރާތަކުން ޓެކްސް ނުދެއްކުމަށް ގޮވާލާތީ، ޓެކްސް އެޕީލް ޓްރިބިއުނަލްގެ ރަޖިސްޓްރަރ ގެ މަގާމުގައި ހުންނެވި ސ.ހިތަދޫ/ރީތިގަސްދޮށުގެ، އަލްއުސްތާޛާ މާޖިދާ މަޖުދީ، މަގާމުން ވަކި ކޮށްފި އެވެ.

އެ ޓްރިބިއުނަލުން މީޑިއާތަކަށް ފޮނުވާފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މާޖިދާ ވަކިކޮށްފައިވނީ ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރާމެދު ސުވާލު އުފައްދާ، އެއްވެސް ފަރާތަކުން ޓެކްސް ނުދެއްކުމަށް މީސިމީޑިޔާގައި ގޮވާލާފައިވާތީ ކަމަށެވެ.

"އެއްވެސް ފަރާތަކުން ޓެކްސް ނުދެއްކުމަށް މީސިމީޑިޔާގައި ޓެކްސް ދައްކާ ފަރާތާއި ޓެކްސް ބަލައިގަންނަ ފަރާތާ ޖެހޭ މައްސަލަތައް ބަލަ މުއައްސަސާގެ ރަޖިސްޓްރަރ ގެ މަގާމުގައިހުރި މުވައްޒަފެއްގެ ފަރާތުން އެއްވެސް ހާލެއްގައި އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެކަމަކަށް ނުވާތީ، މި ޓްރިބިއުނަލްގެ މުވައްޒަފުންގެ ގަވާއިދުގެ 43 ވަނަ މާއްދާގެ ދަށުން އޭނާ ވަޒީފާއިން ވަކިކުރުމަށް، ޓްރިބިއުނަލްގެ މެމްބަރުންގެ މަޖިލީހުގެ އިއްތިފާގުން ނިންމާފައިވާތީ، އަލްއުސްތާޛާ މާޖިދާ މަޖުދީ އަކީ 06 ފެބްރުއަރީ 2018 އިން ފެށިގެން މިޓްރިބިއުނަލްގެ މުވައްޒަފެއް ނޫންކަމުގައި ދަންނަވަމެވެ" ޓެކްސް އެޕީލް ޓްރިބިއުނަލްގެ ނޫސްބަޔާނުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް