ހަމަނުޖެހުންތަކުގެ ސަބަބުން އެޗްއާރްސީއެމް އިން މާފުށީ ޖަލަށް

މިދިޔަ ހަފުތާ ބަންދުން ފެށިގެން މާފުށީ ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއެކު ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ޓީމެއް ޖަލަށް ޒިޔާރަތްކޮށްފިއެވެ. ެޮއޮންލައިން ނޫހެއް ކަ...

07 Jan 2020 | 10:24

މިދިޔަ ހަފުތާ ބަންދުން ފެށިގެން މާފުށީ ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއެކު ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ޓީމެއް ޖަލަށް ޒިޔާރަތްކޮށްފިއެވެ.

ެޮއޮންލައިން ނޫހެއް ކަމަށްވާ "ސަން" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ކޮމިޝަންގެ ޓީމެއް މާފުށީ ޖަލަށް ވަނީ ޒިޔާރަތް ކޮށްފައެވެ.

ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ މައްސަލައިގެ އިތުރު ތަފްސީލެއް މިވަގުތު ހިއްސާ ނުކުރެވޭނެ ކަމަށް އެޗްއާރްސީއެމުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މާފުށީ ޖަލުގެ ހަމަނުޖެހުންތަކާ ގުޅިގެން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޓީމެއްވެސް މާފުށީ ޖަލަށް މިއަދު ވަނީ ޒިޔާރަތް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް