އަންނަ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ރަށްވެހިކަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ މީހުން މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރަށްވެހިކަން ބަދަލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެދެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ، ރަށްވެހިކަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ މީހުން މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ބަދަލެއް ގެނެސް، އައިޑީކާޑު ހަދައި ނިންމުމަށް އެދޭ ކަމަށެވެ.
މީގެއިތުރުން ވޯޓުލާ މީހުންގެ ރަޖިސްޓްރީ އަށް މިމަހުގެ 15 ގެ ފަހުން އެއްވެސް ބަދަލެއް ގެނައުމުގެ ފުރުސަތެއް ނޯންނާނެ ކަމަށްވެސް އެ އިއުލާންގައި ބުނެފައިވެއެވެ.
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އެކުލަވާލައި، ފައިނަލް ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން މިހާރު ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް