ވިލިމާލޭގައި މަސްމާރުކޭޓެއް އަލައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
މި މަސައްކަތް ކޮށްދިނުމަށް ކުރިމަތިލާ ފަރާތަކީ ޕްލޭނިންގ މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ބީލަން ހުޅުވުން އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަދުވަހު 11:00 ގައި ފިނޭންސް މިނިސްޓްރީގައި ކަމަށާއި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނަން ރިފަންޑަބަލް ފީއެއް ދައްކަންޖެހޭނެ ކަމަށް ބުނެފައިވާ އިރު، 33،000 ރުފިޔާ ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ.
ވިލިމާލޭގެ އާބާދީއަކީ ގާތްގަޑަކަށް 10،000 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް