މާލޭ ޖަލާއި މާފުށީ ޖަލުގައި ގައިދީން ހަޅުތާލު ކުރާތާ ތިން ދުވަސް ވެފައިވާއިރު، އަދިވެސް ހަޅުތާލުކުރުން ހުއްޓައެއް ނުލައެވެ.
ެޮއޮންލައިން ނޫހެއް ކަމަށްވާ "ސީއެންއެމް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަދިވެސް ޖަލުގައި ކުރަމުންދާ ހަރުތާޅު ހުއްޓާނުލައެވެ.
މާލެ އަދި މާފުށީ ޖަލުގައި ހަރުތާޅު ކުރަމުން ދަނީ މާފުށީ ޖަލުގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެންނެވެ.
މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ކަރެކްޝަނަލް ސާވިސުން ބުނެފައިވަނީ، ގައިދީންނާއި ޖަލު އޮފިސަރުންނާއި ދެމެދު ހަމަނުޖެހުމެއް ނުހިނގާ ކަމަށެވެ.
މާފުށި ޖަލުގައި ބަންދުގައި ތިބި މީހުންނާއި ކަރެކްޝަންސްގެ އޮފިސަރުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާ، ކަރުނަގޭސް ޖަހައި މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ވެސް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް