މިނިސްޓަރ ޝާހިދުގެ ދަތުރުތަކަށް 2.8 މިލިއަން ރުފިޔާ ހަރަދުވި

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، 2018 ނޮވެމްބަރު 17 އިން 2019 ނޮވެމްބަރު 17 އަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކަށް ޖުމްލަ 2،840،879.54ރ ރުފިޔާ ހަރަދުވެފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފިއެވެ. ފޮރި...

07 Jan 2020 | 08:39

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، 2018 ނޮވެމްބަރު 17 އިން 2019 ނޮވެމްބަރު 17 އަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކަށް ޖުމްލަ 2،840،879.54ރ ރުފިޔާ ހަރަދުވެފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފިއެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، 2018 ނޮވެމްބަރު 17 އިން 2019 ނޮވެމްބަރު 17 އަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކާއި، ދަތުރުފުޅުތަކުގެ ޚަރަދުގެ ތަފްސީލް ހޯދުމަށް ދިވެހި ރައްޔިތަކު، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްޤުގެ ދަށުން ހުށަހެޅުއްވުމާއި ގުޅިގެން، އެމައުލޫމާތު އޭނާ އާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރ ޝާހިދުގެ އެ ދަތުރުފުޅުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖްތަމައާއި ދިވެހިރާއްޖެއާއި އޮންނަ ގުޅުން ބަދަހި، ދޭދޭ ގުޅުންތައް ވަރުގަދަވެ، ބައިނަލްއަޤްވާމީ މަސްރަހުގައި ދިވެހިރާއްޖޭގެ ހައްޤު މަޤާމް ހޯދާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީ އިން ބުނެފައިވެއެވެ.

ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި އެމުއްދަތުގެ ތެރޭގައި ހެޔޮއެދޭ ބައެއް ޤައުމުތަކުން 3.21 ބިލިއަން ރުފިޔާ ރާއްޖެއަށް ދީފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް 2019 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް