ޑިންގީ ފެނުނީ 40 މީޓަރު އަޑިން: އެމްއެންޑީއެފް

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބ. ދޮންފަނު ކައިރީ ލޯންޗަކާ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި އަޑިއަށް ދިޔަ ޑިންގީގެ ބައެއް ފެނިފައިވަނީ ކަނޑުގެ 40 މީޓަރު އަޑިން ކަމަށް އެމްއެންޑީއެފް އިން ބުނެފިއެ...

07 Jan 2020 | 07:54

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބ. ދޮންފަނު ކައިރީ ލޯންޗަކާ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި އަޑިއަށް ދިޔަ ޑިންގީގެ ބައެއް ފެނިފައިވަނީ ކަނޑުގެ 40 މީޓަރު އަޑިން ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެ ޑިންގީގެ ބައެއް ކަމަށް ބެލެވޭ ބައެއް ފެނުނީ ދޮންފަނާއި އަނގަފަރު ދެމެދުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ޑިންގީއިން ފެނުނު ބައި ފެނުން މައްޗަށް ނެގުމުގެ މަސައްކަތް މިހާރު ކޯސްޓްގާޑުން ކުރަމުންގެންދާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ޑިންގީގެ ބާކީ ބައި އެ ސަރަހައްދު އަޑީގައި އޮތްކަން ޔަގީން ކުރެވޭނީ އިތުރަށް ޑައިވް ކޮށްގެން ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި ވަނީ ޑިންގީގައި ހުރި އެކަކު ގެއްލިފައެވެ.

ގެއްލިގެން ހޯދަމުންދަނީ ބ. އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ އަބްދުﷲ، 41 އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް