ޑިންގީގެ ބައެއް އަަޑިޔަށްދިޔަ ސަރައްދުން ފެނިއްޖެ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބ. ދޮންފަނު ކައިރީ ލޯންޗަކާ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި އަޑިއަށް ދިޔަ ޑިންގީގެ ބައެއް އެ ސަރައްދުން ހޯދައިފިއެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފް...

07 Jan 2020 | 06:53

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބ. ދޮންފަނު ކައިރީ ލޯންޗަކާ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި އަޑިއަށް ދިޔަ ޑިންގީގެ ބައެއް އެ ސަރައްދުން ހޯދައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ބުނީ، ކޯސްޓް ގާޑުގެ ޑައިވަރުން މިއަދު އެ ސަރަހައްދު ބަލަނިކޮށް ޑިންގީގެ ބައެއް ފެނިފައިވާ ކަމަށެވެ.

ޑައިވަރުން ނަގާފައިވަނީ ޑިންގީގެ އިންޖީނުގެ މަތިގަނޑު ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި ވަނީ ޑިންގީގައި ހުރި އެކަކު ގެއްލިފައެވެ.

އެމްއެންޑީއެފް އަދިވެސް ދަނީ ޑިންގީއިން ގެއްލުނު އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ގެއްލިގެން ހޯދަމުންދަނީ ބ. އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ އަބްދުﷲ، 41 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް