މުނާޒްގެ މައްސަލައެއް އޭސީސީއަށް

ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާ ގުޅޭ ހިޔާނާތުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ. މުނާޒް އާ ގުޅޭގޮތުން އަމިއްލަ ފަރާތަކުން އެސީސީއަށް ހުށަހަޅާފައިވަނީ، ގ...

07 Jan 2020 | 06:02

ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާ ގުޅޭ ހިޔާނާތުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

މުނާޒް އާ ގުޅޭގޮތުން އަމިއްލަ ފަރާތަކުން އެސީސީއަށް ހުށަހަޅާފައިވަނީ، ގައިދީންގެ އަދަބު ލުއިކޮށް ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން އަދަބު ލުއި ކޮށްދޭން ރައީސް އަންގާފައި ނުވާ ގައިދީއެއް މިނިވަން ކުރަން ރައީސް ނިންމަވާފައިވާ ކަމަށް ބުނެ ކޮމިޝަނާ އޮފް ޕްރިޒަން ސޮއިކޮށް އެ މަހު 24 ލިޔުން ދޫކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

ގައިދީންނަށް އަދަބު ލުއިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ އިހުތިޔާރެކެވެ.

ރައީސްގެ ހުއްދައާއި ނުލައި އަދަބު ލުއިކޮށްދީފައިވާ ކަމަށް ބުނާ މީހަކީ . ގަން ތުނޑި، މައުސޫމް މޫސާ އެވެ.

އެ މައްސަލަ ބަލަމުންދާކަން ވަނީ އޭސީސީ އިން ކަށަވަރުކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް