ކ.ކަގިރި ކައިރިއަށް ފަރަށް އެރި ބޯޓުން ގެއްލިގެން ހޯދަމުންދާ، އެ ބޯޓްގެ ކައްޕި އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެ ހާދިސާ އާއި ގުޅޭ އެންމެ ފަހުގެ އަޕްޑޭޓް މީޑިއާތަކާއި ހިއްސާ ކުރަމުން އެމްއެންޑީއެފުން ބުނީ، ގެއްލިގެން ހޯދަމުންދާ މީހާ އަދި މިހާތަނަށް ބެލި ބެލުމުން ފެނިފައިނުވާ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ދަނީ ހުއްޓުމެއްނެތި ކުރިއަށް ކަމަށެވެ.
އެމީހާ ހޯދުމަށްޓަކައި، ކޯސްޓް ގާޑުގެ ޑައިވަރުންގެ އިތުރުން އެމްއެންޑީއެފްގެ ލޯންޗުން ދަނީ ކަނޑު ސާފޭސް އޭރިއާ ބަލަމުން ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވަރުންނަށް އިއްޔެ ވަނީ މާސްކް އަކާއި ބޮކްސާ ވައްތަރުގެ ސޯޓެއް ފެނިފައެވެ.
ގެއްލިގެން ހޯދަމުން ދަނީ ހދ. ކުޅުދުއްފުށީ މުހައްމަދު ޔޫސުފް، 37 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް