މާލޭ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިފި

ވެރިރަށް މާލޭގައި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިފިއެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މާލޭގެ އައިމިނަރަނި ހިނގުމުގައި ހުންނަ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ ...

07 Jan 2020 | 05:16

ވެރިރަށް މާލޭގައި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މާލޭގެ އައިމިނަރަނި ހިނގުމުގައި ހުންނަ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ ކަމަށެވެ.

އެ ފިހާރައިގެ ލޯގަނޑު ތަޅާލުމަށްފަހު އެމީހުން އެތެރެއަށް ވަދެ ވައްކަން ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ފުލުހުން އަދި ސާފެއް ނުކޮށްދެއެވެ.

ފުލުހުން ބުނީ، އެކަން ކުރި މީހުން ފިލާފައިވާ ކަމަށެވެ.

އެ މައްސަލައިގަ މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް