އުސްފަސްގަނޑު ބާއްވާނީ ހިތްހަމަޖައްސާ ތަނަކަށް: ޕްލޭނިން މިނިސްޓްރީ

އުސްފަސްގަނޑު ތަރައްގީ ކުރާނީ ހިތްހަމަ ޖައްސާލުމަށް ދެވޭ ތަނެއްގެ ގޮތުގައި ކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުނެފި އެވެ. ދަރުބާރުގެ ބިއްދޮށުން އޮންނަ އުސްފަސްގަނޑު އަލުން ހުޅުވާލާ ސާފް ކުރުމުގެ މަސައްކ...

07 Jan 2020 | 05:01

އުސްފަސްގަނޑު ތަރައްގީ ކުރާނީ ހިތްހަމަ ޖައްސާލުމަށް ދެވޭ ތަނެއްގެ ގޮތުގައި ކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުނެފި އެވެ.

ދަރުބާރުގެ ބިއްދޮށުން އޮންނަ އުސްފަސްގަނޑު އަލުން ހުޅުވާލާ ސާފް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެތަން ތަރައްގީ ކުރާނީ އެކި އުމުރުފުރައިގެ މީހުން ހިތްހަމަޖައްސާލަންދާ ރެކްރިއޭޝަނަލް ސްޕޭސް އެއް ގޮތަށް، ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

މި ސަރަހައްދުގައި ޕާކެއް އެޅުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ސާފް ކޮށް ނިމުނުހާ އަވަަހަކަށް ޑިވެލޮޕް ކުރަން ފަށާނެ ކަމަށް އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލެއް ވިދާޅުވި އެވެ.

މާލޭ އިރުމަތީ ފަރާތު އުސްފަސްގަނޑަކީ މީގެ ކުރިންވެސް ކުޑަކުދިން ދުވެ، ކުޅެ ހަދާލުމަށާއި ހިތްހަމަ ޖައްސާލުމަށް ގޮސް އުޅުމަށް ބޭނުންކުރި ތަނެކެވެ.

ނަމަވެސް ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށް އެ ސަރަހައްދު އާންމުންނަށް ބަންދުކޮށް، އެ ސަރަހައްދު ބޭނުންކުރީ ބްރިޖުގެ މަސައްކަތް ކުރި ކުންފުނީގެ އެކޮމޮޑޭޝަން އަދި އޮފީސް އިމާރާތްތައް އެޅުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް