ވިލިމާލޭގައި މަސްމާރުކޭޓެއް އަޅައިދޭނެ ބަޔަކު ހޯދަނީ

ވިލިމާލޭގައި މަސްމާރުކޭޓެއް އަޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފި އެވެ. މި މަސައްކަތް ކޮށްދިނުމަށް ކުރިމަތިލާ ފަރާތަކީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަ...

07 Jan 2020 | 04:54

ވިލިމާލޭގައި މަސްމާރުކޭޓެއް އަޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފި އެވެ.

މި މަސައްކަތް ކޮށްދިނުމަށް ކުރިމަތިލާ ފަރާތަކީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި.

މާލޭގެ ފަސްވަނަ އަވަށް، ވިލިމާލޭގެ އާބާދީ 10،000 އިން މަތީގައި އުޅޭއިރު އެ އަވަށުގައި ރަނގަޅު ފެންވަރުގެ މަސްމާރުކޭޓެއް ނެތުމަކީ ރައްޔިތުންގެ ޝަކުވާއެކެވެ.

ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނަން ރިފަންޑަބަލް ފީ އެއް ދައްކަންޖެހޭއިރު ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 33،000 ރުފިޔާ ހުށަހަޅަން ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް