15 ރަށެއްގައި ޕާކު އަޅާނެ ސާމާނު ގެނެސްފި

ކުޑަކުދިންގެ ޕާކު އަޅަން ބޭނުންވާ ސާމާނު ގެނެސް އެތަކެތި 15 ރަށަކަށް ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ ޕާކު އަޅާ ރަށްތަކުގެ ތެރޭގައި ގއ. ނިލަންދޫ އާއި ގދ. ރަތަފަންދުއާ ތިނަދޫ އާއި ވާދޫ އެވެ. އަދި ކ....

07 Jan 2020 | 04:45

ކުޑަކުދިންގެ ޕާކު އަޅަން ބޭނުންވާ ސާމާނު ގެނެސް އެތަކެތި 15 ރަށަކަށް ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ

ޕާކު އަޅާ ރަށްތަކުގެ ތެރޭގައި ގއ. ނިލަންދޫ އާއި ގދ. ރަތަފަންދުއާ ތިނަދޫ އާއި ވާދޫ އެވެ. އަދި ކ. ގާފަރާއި ގުޅީގެ އިތުރުން ތ. ހިރިލަންދޫ އާއި ކަނޑޫދުއާ ވަންދޫގައި ވެސް ޕާކު އަޅަ އެވެ.

ސްޕޯޓްްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ 15 ރަށެއްގައި ކުޑަކުދިންގެ ޕާކު އަޅަން ބޭނުންވާ ސާމާނު ވަރަށް އަވަހަށް އެ ރަށްތަކައް ފޮނުވާނެ ކަމަށެވެ.

ޕާކު އަޅާ ސާމާނު މިވަގުތު ހުރީ ގަލޮޅު ދަނޑުގައި ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން އއ. ރަސްދުއާ ބ. ކިހާދޫއާ މ. ރަތްމަންދޫ އާއި ހއ. ތުރާކުނާއި ހދ. ކުނބުރުދޫ އާއި ރ. ވާދޫގައި ވެސް ޕާކު އަޅަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް