ބިޕާޝާގެ 41 ވަނަ އުފަންދުވަސް ރާއްޖޭގައި ފާހަގަކޮށްފި

ބޮލީވުޑް ބަތޮލާ ބިޕާޝާ ބާސޫ، އޭނާގެ އުފަން ދުވަސް، އޭނާގެ ފިރިމީހާ ކަރަން ސިންގް ގްރޯވަރާއެކު ރާއްޖޭގައި ފާހަގަކޮށްފިއެވެ. ބިޕާސާގެ އުފަންވީ މީގެ 41 އަހަރު ކުރިން 7 ޖަނަވަރީ 1979ގައެވެ. ބިޕާޝާ އާއި ކަ...

07 Jan 2020 | 04:14

ބޮލީވުޑް ބަތޮލާ ބިޕާޝާ ބާސޫ، އޭނާގެ އުފަން ދުވަސް، އޭނާގެ ފިރިމީހާ ކަރަން ސިންގް ގްރޯވަރާއެކު ރާއްޖޭގައި ފާހަގަކޮށްފިއެވެ.

ބިޕާސާގެ އުފަންވީ މީގެ 41 އަހަރު ކުރިން 7 ޖަނަވަރީ 1979ގައެވެ.

ބިޕާޝާ އާއި ކަރަން ރާއްޖެ އައިސްފައިވަނީ އައު އަހަރު ފެށުމުގެ ކުރިންނެވެ. މީގެ ކުރިންވެސް މި ދެތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.

ބިޕާޝާގެ ފިރިމީހާ، ކަރަން ސިންގް ގްރޯވަރަކީވެސް ބޮލީވުޑް ފިލްމީ ތަރިއެކެވެ. އޭނާގެ އުމުރަކީ 37 އަހަރެވެ. މި ދެ ތަރިން ކައިވެނީގެ ގޮތުން ގުޅިފައިވަނީ 30 އޭޕްރީލް 2016ގައެވެ. އޭގެ ކުރިން އޭނާ ވަނީ ދެ ކައިވެންޏެއް ކޮށްފައެވެ. އެއީ ފިލްމީ ތަރި ޝްރައްދާ ނިގަމް އާއި ފިލްމީ ތަރި ޖެނިފާ ވިންޖެޓް އާއި ކުރި ކައިވެންޏެވެ.

2001 ގައި ފިލްމު އަޖްނަބީން ފިލްމީ ދާއިރާއަށް ނިކުތް ބިޕާޝާ މިހާތަނަށް 50 އަށްވުރެ ގިނަ ފިލްމު ކުޅެފައިވެއެވެ. މިހާރުވެސް އަންނަނީ ފިލްމެއް ކުޅެމުންނެވެ. އެއީ "އާދަތު ޑައިރީސް" ނަމަކަށް ކިޔާ ފިލްމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް