ދޯނި ފަރަށް އަރާފައި ހުރި އިރު ކައްޕި ދޯނީގައި ހުއްޓާ ފެންނަ ފޮޓޯތަކެއް !

މީގެ ދެ ދުވަސް ކުރިން ކ. ކަގި ފަރަށް އެރި ދޯންޏެއްގެ ކެޕްޓަން ގެއްލިގެން ހޯދަމުން އަންނައިރު އެ ދޯނި ފަރަށް އަރާފައި އޮތް އިރު ކެޕްޓަން ފެންނަ ހުރި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ...

07 Jan 2020 | 03:31

މީގެ ދެ ދުވަސް ކުރިން ކ. ކަގި ފަރަށް އެރި ދޯންޏެއްގެ ކެޕްޓަން ގެއްލިގެން ހޯދަމުން އަންނައިރު އެ ދޯނި ފަރަށް އަރާފައި އޮތް އިރު ކެޕްޓަން ފެންނަ ހުރި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

އެގޮތުން ދެ ފޮޓޯއެއް އަދި ވީޑިއޯއެއްވެސް ދައުރުވަމުން އަންނައިރު އެއް ފޮޓޯއިން ފެންނަނީ ދޯނީގެ ގެގަނޑު ކުރިމަތީގައި ކައްޕި ހުއްޓިލައިގެން ހުރި މަންޒަރެވެ. އަނެއް ފޮޓޯއިން ފެންނަނީ ގެގަނޑުގެ އެއް ފަރާތުން ތިރީގައި ހުއްޓިލައިގެން ހުރި މަންޒަރެވެ.

ގެއްލިފައިވަނީ ހދ. ކުޅުދުއްފުށީ ހަވީރީ ނާޒް އުމުރުން 37 އަހަރުގެ މުހައްމަދު ޔޫސުފެވެ. އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އެކަން ރިޕޯޓްކޮށްގެން އެ ސަރަހައްދަށް ދިޔައިރު ދޯނި އޮތީ ފަރަށް އަރާފައި ކަމަށާއި ފަރަށް އެރީ އެއް ދުވަސް ކުރިން ކަމަށް ދޯނީގައި ތިބި ބިދޭސީ ދެމީހުން ބުނާކަމަށް އެމްއެންޑީއެފުން އިއްޔެ ބުނެފައިވެއެވެ.

ކައްޕި ހޯދަން ކުރަމުން އަންނަ މަސައްކަތް އަދި ކާމިޔާބުވެފައެއް ނުވެއެވެ. ނަމަވެސް އެ ސަރަހައްދު މޫދު އަޑިން ސޯޓަކާއި މާސްކެއް ފެނުނު ކަމަށް އެމްއެންޑީއެފުން އިއްޔެ ބުނެފައިވެއެވެ.

ކައްޕި ގެއްލުނު ހާދިސާއާއިމެދު މިހާރު ސުވާލުތަކެއް އުފެދިފައިވާއިރު މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޭގައި ތިބި ދެ ބިދޭސީން އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.

ބައެއް ނޫސް މީޑިއާތަކަށް މައުލޫމާތުދެމުން، އެ ދޯނި ފަރަށް އަރާފައި އޮއްވާ ކުރިން ފެނި، އެހީތެރިވާން އެ ދޯންޏާއި ގާތްކުރި ގާފަރު ދޯންޏަކުން ބުނެފައިވަނީ ކައްޕި އެހީއަށް އެދި ގޮވުމުން އެ ދޯންޏާ ގާތް ކުރި ކަމަށާއި ނަމަވެސް ފޯނެއްގައި ހުރެފައި ކައްޕި ވަނީ ގެ ގަނޑު ތެރެއަށް ކަމަށެވެ. އަދި އެއަށްފަހު ކައްޕި ނުނިކުތުމުން ނައްޓާލީ ކަމަށެވެ.

މިކަމުގެ ފަހުގެ ތަފްސީލެއް އަދި މިއަދު އެމްއެންޑީއެފް އަދި ޕޮލިހުން ހާމަކޮށްފައެއް ނުވެއެވެ. އިއްޔެ އެމްއެންޑީއެފުން ބުނެފައިވާގޮތުގައި ޑިންގީ އާއި ލޯންޗު ޖެހި ހިނގި އެކްސިޑެންޓްގައި ގެއްލުނު ނަސްރުﷲ އަބްދުﷲ އާއި ފަރަށް އެރި ދޯނިން ގެއްލުނު ކައްޕި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ އެންމެހާ ވަސީލަތްތަކެއް ބޭނުންކޮށްގެން އަންނަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް