އިރާގުން ފައިބާނެ ކަމަށްބުނެ ސިޓީ ފޮނުވުނީ އޮޅިގެން: އެމެރިކާ

އެމެރިކާއިން އިރާގުގައި ގާއިމްކޮށްފައިވާ ފައުޖު ފައިބާނެ ކަމަށް ބުނެ އިރާގަށް ފޮނުވުނު ސިޓީއަކީ އޮޅިގެން ފޮނުވުނު ސިޓީއެއް ކަމަށް އެމެރިކާއިން ބުނެފިއެވެ. މިކަމެއް ހިނގާފައިވަނީ އިރާގުގައި ގާއިމްވެ ތި...

07 Jan 2020 | 03:06

އެމެރިކާއިން އިރާގުގައި ގާއިމްކޮށްފައިވާ ފައުޖު ފައިބާނެ ކަމަށް ބުނެ އިރާގަށް ފޮނުވުނު ސިޓީއަކީ އޮޅިގެން ފޮނުވުނު ސިޓީއެއް ކަމަށް އެމެރިކާއިން ބުނެފިއެވެ.

މިކަމެއް ހިނގާފައިވަނީ އިރާގުގައި ގާއިމްވެ ތިބި ބޭރުގެ ފައުޖުތައް ފޮނުވާލުމަށް އިރާގުގެ ޕާލަމެންޓުން ނިންމައި އެކަން އެގޮތަށް ކުރުމަށް އިރާގުގެ ސަރުކާރު ކިބައިން އެދިފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން އިރާގުގައި ތިބި ފައުޖުގެ ލީޑަރަށް އެޑްރެސްކޮށް އެމެރިކާގެ މެރިން ކޯޕްސް ބްރިގޭޑިއަރ ޖެނެރަލް ވިލިއަމް އެޗް ސީލީ ތިނެއް، ފޮނުވި ސިޓީގައި ބުނެފައިވަނީ ޕާލަމެންޓްގެ ނިންމުމާއި އިރާގުގެ ބޮޑުވަޒީރުގެ ނިންމުމާއި ކޮމްބައިންޑް ޖޮއިންޓް ޓާސްކްފޯސްގެ ނިންމުމަށް އިހުތިރާމުކޮށް އިރާގުގައި އޮތް ފައުޖު ބާލަން ނިންމާފައިވާކަމަށާއި ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި އެކަމަށް އަމަލީ ސިފަ ގެންނާނެ ކަމަށެވެ.

ނަމަވެސް މި ސިޓީއަކީ އޮޅިގެން ފޮނުވުނު ސިޓީއެއް ކަމަށް އެމެރިކާއިން މިހާރު ވަނީ ބުނެފައެވެ. އެގޮތުން ޕެންޓަގަނުން ބުނެފައިވަނީ މި ސިޓީއަކީ ފަހުން ފޮނުން ލިޔެ ތައްޔާރުކޮށްފައިވާ ސިޓީއެއް ކަމަށާއި ސިޓީ ފޮނުވުނީ މާ ކުރިން ކަމަށެވެ. އެކަން އެގޮތަށް ހިނގީ އޮޅުމެއްގެ ތެރެއިން ކަމަށެވެ. އެމެރިކާ ފައުޖު އިރާގުން ބާލަން ނުނިންމާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް