ރާއްޖެއާއި ލަންކާގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރާއްޖެއާއި ސްރީލަންކާއާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް ސްރީ ލަންކާގެ ސަފީރު މޭޖާ ޖެނެރަލް ރިޓަޔަޑް ބީ.އާރު.ޑަބްލިޔު.އާރު.އޭ.ބީ ތޮރަޑެނިޔައާ މަޝްވަރާ ކުރަ...

07 Jan 2019 | 10:52

ރާއްޖެއާއި ސްރީލަންކާއާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް ސްރީ ލަންކާގެ ސަފީރު މޭޖާ ޖެނެރަލް ރިޓަޔަޑް ބީ.އާރު.ޑަބްލިޔު.އާރު.އޭ.ބީ ތޮރަޑެނިޔައާ މަޝްވަރާ ކުރައްވައިފިއެވެ.

ލަންކާގެ ސަފީރު ނައިބު ރައީސް ފައިސަލް ނަސީމުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި، ރާއްޖެއާއި ސްރީލަންކާއާ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ގާތްގުޅުން ކުރިއަށް އޮތް އަހަރު ތަކުގައި ދެގައުމަށް ފައިދާ ހުރިގޮތަކަށް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަށްވަރާ ކުރައްވާފައި ވެއެވެ.

އަދި ކުޅިވަރުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކޮށް، ހާއްސަ ގޮތެއްގައި ކްރިކެޓް ކުރިއެރުވުމުގައި ސްރީލަންކާގެ އެހީތެރިކަން ބޭނުންފުޅުވާކަން ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ދެބޭފުޅުންވެސް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ދެގައުމު ގުޅިގެން ހޯދޭނެ ފައިދާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މިއަދު ރައީސް އޮފީހުގައި އޮތް މި ބައްދަލު ވުމުގައި، ނައިބު ރައީސާއި، ސްރީލަންކާގެ ސަފީރު ވެސް ވަނީ އެކި ދާއިރާތަކުން އެއްގައުމުން އަނެއް ގައުމަށް ދެއްވަމުން ގެންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަ ކުރައްވާ އެކަމަށްޓަކާ ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް