ޖަމިއްޔާތައް ޔޫތް މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށަށް

ރާއްޖޭގައި ހިންގާ ހުރިހާ ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތަކަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންމްޕަވަމަންޓް ހަމަޖައްސައިފިއެވެ. ޔޫތު މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ވާގޮތ...

07 Jan 2019 | 09:05

ރާއްޖޭގައި ހިންގާ ހުރިހާ ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތަކަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންމްޕަވަމަންޓް ހަމަޖައްސައިފިއެވެ.

ޔޫތު މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ވާގޮތުގައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ބެލެމުގެ ދަށުގައި ކުރިން ހުރި ހުރިހާ ޖަމިއްޔާތަކާއި، އެ ޖަމިއްޔާތަކުގެ ހުރިހާ މަސައްކަތްތައް ވެސް ޔޫތް މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މިމަހުގެ ދެވަނަ ދުވަހުން ފެށިގެން އެހުރިހާ މަސައްކަތެއް ހިނގާނީ ޔޫތް މިނިސްޓްރީގެ ބެލެމުގެ ދަށުން ކަމަށްވެސް ނޫސް ބަޔާނުގައި ފާހަގަކޮށްލާފައިވެއެވެ.

ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، މިމަހުގެ ހަވަނަ ދުވަހުން ފެށިގެން، ރައީސުލްޖުމުހުރިއްޔާގެ އެ ނިންމުމަށް ކަމޭހިތާއި، ޖަމިއްޔާތަކުގެ ހުރިހާ މަސައްކަތްތަކެއް ޔޫތް މިނިސްޓްރީގައި ކުރަން ފަށާނެ ކަމަށެވެ. އަދި މީގެ ފަހުން ޖަމިއްޔާއެއް އުފެއްދުމަށް ނަގަންޖެހޭ ހުއްދަތަކާއި އަދި ޖަމިއްޔާއެއް އުފެއްދުމަށް ކުރަން ޖެހޭ އެހެނިހެން ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ދަނީ ޔޫތް މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ކަމަށެވެ.

ކުރިން ޖަމިއްޔާތަކުގެ ހުރިހާ މަސައްކަތެއް ބަލައި ހަދާފައިވަނީ ހޯމް މިނިސްޓްރީގެ ފަރާތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް