މުވައްޒަފުން މަދުވުމުން ޚިދުމަތް ދިނުމުގައި ގޮންޖެހުންތަކެއް އެބަހުރި - ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި މުއައްޒަފުން މަދުވުމާއި ގުޅިގެން ތަނުގެ ހިދުމަތް ދިނުމަށް ގޮންޖެހުން ތަކެއް ކުރިމަތިވެފައިވާ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާނު ވިދާޅުވެއްޖެއެވ...

07 Jan 2019 | 08:54

މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި މުއައްޒަފުން މަދުވުމާއި ގުޅިގެން ތަނުގެ ހިދުމަތް ދިނުމަށް ގޮންޖެހުން ތަކެއް ކުރިމަތިވެފައިވާ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާނު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕުރޮގުރާމުގައި ވާހަކަދައްކަވަމުން ނުއުމާނު ވިދާޅުވީ، ކަސްޓަމްސްގައި ހުނަރުވެރި ގާބިލް މުވައްޒަފުން އެބަތިބި ކަމަށާއި، ތަނުންދޭ ހިދުމަތަށް ބަލާއިރު އެކަށީގެންވާ ހިދުމަތް ދިނުމަށް މުވައަޒަފުން މަދުވުމުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

ރާއްޖޭގެ އުތުރާއި ދެކުނަށް ކަސްޓަމްސްގެ ހިދުމަތްތައް ފުޅާކޮށްފައިވާއިރު، ހިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެވޭ ވަރަށްވުރެ ތަނުގެ މުވައްޒަފުން މަދު ކަމަށާއި، އެކަމުގެ ސަބަބުން ކަސްޓަމްސްގެ ހިދުމަތްތަކަށް ބުރޫ އަރާ ކަމަށާއި، ކަސްޓަމްސްގެ ދަށުން ބަލަހައްޓަން ޖެހޭ ކަންކަން ބެލެހެއްޓުމުގައި ގޮންޖެހުންތަކަކާ ވެސް ކުރިމަތިވަމުންދާ ކަމަށް ނުއުމާން ވިދާޅުވިއެވެ.

އަދި ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފަތުރުވެރިކަމުގެ ސިނާއަތުން ކަމަށާއި، ފަތުރުވެރިކަން ކުރިއަރަމުންދާ މިންވަރަށް ކަސްޓަމްސްގެ ހިދުމަތް ވެސް ރަނގަޅުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް