ސިންގަޕޫރުގައި އިމާރާތެއްގެ އަށްވަނަ ބުރިން ވެއްޓި ފަސް އަހަރުގެ ކުއްޖަކު މަރުވެއްޖެ

މިމަހުގެ ފަސްވަނަ ދުވަހު ފަސްއަހަރުގެ ކުޑަކުއްޖަކު ސިންގަޕޫރުގެ ވުޑްލޭނޑުގައި ހުރި އެކުއްޖާގެ މަންމައާއި ބައްޕަގެ އޮފީހުގެ 8 ވަނަ ބުރީގައި ބަންދުވެފައި ހުއްޓާ ކުޑަދޮރުން ވެއްޓި މަރުވެއްޖެއެވެ. ވަންއޭސ...

07 Jan 2019 | 08:02

މިމަހުގެ ފަސްވަނަ ދުވަހު ފަސްއަހަރުގެ ކުޑަކުއްޖަކު ސިންގަޕޫރުގެ ވުޑްލޭނޑުގައި ހުރި އެކުއްޖާގެ މަންމައާއި ބައްޕަގެ އޮފީހުގެ 8 ވަނަ ބުރީގައި ބަންދުވެފައި ހުއްޓާ ކުޑަދޮރުން ވެއްޓި މަރުވެއްޖެއެވެ.

ވަންއޭސިއާ ނޫހުން ހަބަރު ލިބިފައިވާ ގޮތުގައި އެކުއްޖާ ކުޑަދޮރުން ވެއްޓިފައި ވަނީ އޮފީސް ތެރޭގައި ބަންދުވުމުން، ސަލާމަތް ވާނެ ގޮތެއް ހޯދުމުގެ ތެރޭގައެވެ.

ޗައިނީސްބަހުން ނެރެމުން އަންނަ ނޫހެއްކަމށްވާ ޝިންމިން ދުވަހު ނޫހަށް ކުއްޖާގެ މަންމަ މައުލޫމާތު ދެމުން ބުނީ އެދެމަފިރިން ނަކީ އެޑިއުކޭޝަން ސެންޓަރެއް ހިންގަމުން އަންނަ ބައެއްކަމަށާއި، ދަރިފުޅު ގޮވައިގެން އެމީހުން އޮފީހަށް ދިޔައީ ހޮނިހިރު ދުވަހަކީ ކުލާސްތައް ނަގައިދޭ ދުވަހަކަށް ނުވާތީއެވެ. އެމީހުން މަސައްކަތުގައި ތިއްބައި ދަރިފުޅަށް ނިދުނީ ކަމަށާއި، ދަރިފުޅު އެތަނުގައި ވާކަން ހަނދާންނެތި ހުރިހާ ތަނެއް ނިއްވާ ތަޅުލުމަށް ފަހު ދެމަފިރިން ގެޔަށް ދިޔައީ ކަމަށް ވެސް ކުއްޖާގެ މަންމަ ބުންޏެވެ.

ދަރުޅު ބަހައްޓާފައި އާދެވުނުކަން އެދެމަފިރިން ހަނދާންވީ ގެޔަށް އައިސް ކާރުޕާކު ކުރަން އުޅެނިކޮށެވެ.

"އަހަރުމެންގެ ގެ ހުންނަނީ އޮފީހާ ވަރަށް ކައިރީގައި. ފަސްވަރަކަށް މިނެޓު ތެރޭގައި ކާރުގައި ދެވޭނެ އޮފީހަށް. އަހަރުމެން ހިތަކަށްނާރާ އެންމެ ފަސްވަރަކަށް މިނެޓުތެރޭގައި ދަރިފުޅުބަލާދިޔައިރު އެފަދަ މަންޒަރެއް ފެނިދާނެ ކަމަކަށް." ދަރިފުޅު ކުއްލި ގޮތަކަށް ވަކިވުމުން އެކަމުގެ ހިތާމައިގައި ހުރި ކުއްޖާގެ މަންމަ ޝިންމިން ނޫހަށް މައުލޫމާތު ދެމުން ބުންޏެވެ. "އަހަންނަށް ފެނުނު އެތަނަށް އާދެވުނު އިރު ކުޑަދޮރު ހުޅުވާފައި ހުރިތަން. އަހަންނަށް ގަބޫލުކުރެވެނީ ކުޑަދޮރުން ނުކުންނަން ދަރިފުޅު މަސައްކަތް ކުރީކަމަށް" އިތުރަށް ވާހަކަ ދައަކަމުން ކުއްޖާގެ މަންމަ ބުންޏެވެ.

އެ ކުއްޖާއަކީ އެދެމަފިރިންގެ ހަތަރު ކުދިންގެ ތެރެއިން އެންމެ ހަގަށް ހުންނަ ކުއްޖާ ކަންވެސް ފާހަގަ ކޮށްލެވެއެވެ. އަދި މިކަން ފުލުހުން ތަހުގީގު ކުރަމުން ދާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް