އާމިނަތު ޝަރީފް ރަޖަމް ކުރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ޒިނޭކުރި ޅ. ނައިފަރު / ހަނީމޫން، އާމިނަތު ޝަރީފް މުހައްމަދު ރަޖަމް ކުރަން ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ. ސުޕްރީމް ކޯޓުން ބުނެފައިވަނީ ޅ. ނައިފަރު ...

07 Jan 2019 | 06:20

ޒިނޭކުރި ޅ. ނައިފަރު / ހަނީމޫން، އާމިނަތު ޝަރީފް މުހައްމަދު ރަޖަމް ކުރަން ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

ސުޕްރީމް ކޯޓުން ބުނެފައިވަނީ ޅ. ނައިފަރު / ހަނީމޫން، އާމނަތު ޝަރީފް މުހައްމަދުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ، ޒިނޭކުރުމުގެ ކުށުގެ ދައުވާގެ މައްސަލައިގާ ޅ.ނައިފަރު ކޯޓުން ޝަރީއަތް ހިންގައި ނިންމާފައިވަނީ ގާނޫނު ނަންބަރު 2014/17 (ޖިންސީ ކުށުގެ ގާނޫނު)ގެ 27 ވަނަ މާއްދާއާ ހިލާފަށް ކަމަށްވާތީ، ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ އެ ގަޒިއްޔާގެ ހުކުމް ބާތިލުކޮށްފި ކަމަށެވެ.

ނައިފަރު ކޯޓުގައި އެ ހުކުމްކޮށްފައި ވަނީ އެ ކޯޓުގެ އިސް ގާޒީ ޝޭހް މުހައްމަދު މޫސާ އެވެ.

މީގެ ތިން އަހަރު ކުރިންވެސް ޒިނޭ ކުރި މީހަކު ރަޖަމް ކުރަން ހުކުމެއް ކުރިއެވެ. ގއ. ގެމަނަފުށީ މެޖިސްޓްރޭޓުން ކުރި އެ ހުކުމްވެސް ބާތިލުކޮށްފައިވަނީ ސުޕްރީމް ކޯޓުންނެވެ. =

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް