ކ.މާފުށީ ޖަލުގައި ގައިދީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައިފިއެވެ.
ފުލުހުންގެ ފަރާތުން، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ މާފުށީ ޖަލުގައި އިއްޔެ އިރުއޮއްސެން އުޅެނިކޮށް މާރާމާރީ އެއް ހިންގައިގެން އެކަން ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި އިއްޔެ އިރުއޮއްސެން އުޅެނިކޮށް މާރާމާރީ ހިންގީ ދެ ގައިދީންގެ މެދުގައެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ހިންގާފައިވާ މާރާމާރީ އެއްކަމުން ދެގައިދީންނަށް ވެސް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ފަރާތުން އެއްވެސް އިތުރު މައުލޫމާތެއް މީޑިއާ އާއި އަދި ހިއްސާކޮށްފައެއް ނުވެއެވެ. މިމާރާމާރީ ހިންގަން މެދުވެރިވި ސަބަބާއި، ބޭނުންކުރި ހަތިޔާރު އަދި ލިބުނު ޒަހަމް ތަކާއި ބެހޭގޮތުންވެސް ފުލުހުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.
މާފުށީ ޖަލުގައި ގައިދީންގެ މެދުގައި ކުރިންވެސް މިފަދަ މާރާމާރީތައް ވަނީ ހިންގައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް