ސީލައިފާ ދެކޮޅު މައްސަލަތައް ކޯޓުން ބަލައިގެންފި

ހުޅުމާލޭގައި ފްލެޓްތަކެއް އަޅަން ކަމަށް ބުނެ ސީލައިފުން ޖުމްލަ 203 މީހެއްގެ އަތުން ނަގާފައިވާ ފައިސާ ހޯދަން ސަރުކާރުން ސިވިލް ކޯޓަށް ހުށައެޅި މައްސަލަ އެ ކޯޓުން ބަލައިގަންފިއެވެ. ސީލައިފް މައްސަލައިގަ...

07 Jan 2019 | 05:42

ހުޅުމާލޭގައި ފްލެޓްތަކެއް އަޅަން ކަމަށް ބުނެ ސީލައިފުން ޖުމްލަ 203 މީހެއްގެ އަތުން ނަގާފައިވާ ފައިސާ ހޯދަން ސަރުކާރުން ސިވިލް ކޯޓަށް ހުށައެޅި މައްސަލަ އެ ކޯޓުން ބަލައިގަންފިއެވެ.

ސީލައިފް މައްސަލައިގައި އިސްކޮށް މަސައްކަތް ކުރައްވާ ގާނޫނީ ވަކީލެއް ކަަމަށްވާ މަރިޔަމް ޝުނާނާ، އިއްޔެ ވިދާޅުވި ގޮތުގައި އެމައްސަލަ ވަނީ މިހާރު ސިވިލް ކޯޓްގައި ރަޖިސްޓްރީ ކުރެވިފައި ކަމަށެވެ. ސީލައިފުން އޮޅުވާލައިގެން ފައިސާ ނެގި ކަމަށް ދައުވާ ކުރި މީހުން މައްސަލަ ހުށައަޅާފައި ވަނީ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ އެޗްޑީސީ އާއި ދެކޮޅަށެވެ. އެފަރާތްތަކުން ބުނާ ގޮތުގައި އެމީހުންނަށް ގެއްލުން ލިބުނީ އެޗްޑީސީން އަމަލުކުރިގޮތަކުން ކަމަށްވާތީ، އެމީހުން ފައިސާ އަނބުރާ ހޯދުމަށް މައްސަލަ ހުށައަޅާފައި ވަނީ އެޗްޑީސީގެ އަތުންނެވެ.

ގާނޫނީ ވަކީލް ޝުނާނާ ވިދާޅުވެފައިވާ ގޮތުގައި، މުޅި މައްސަލައަށް ބަލާނަމަ މައްސަލަ އަކީ ސަރުކާރުން ޒިންމާ ނަގަންޖެހޭ މައްސަލައެއް ކަަމަށެެވެ. އަދި، 200 މިލިއަން ޑޮލަރު އިންވެސްޓްކުރަން ހުއްދަ ދިންއިރު، އެމީހުން އެއްވެސް އިންވެސްޓެއް ނުކޮށް ފައިސާ ނަގާފައިވާ ކަަމަށްވެސް ޝުނާނާ ބުންޏެވެ.

ޝުނާނާ އިތުރަށް ވިދާޅުވީ، ފައިސާ އަނބުރާ އެފަރާތްތަކަަށް ނުލިބުނީ އެޗްޑީސީން އަދި ސަރުކާރުން އަމަލުކުރައްވާފައިވާ ގޮތުން ކަމަށެވެ. އެހެންކަމުން އެ 203 ފަރާތުން ދައުވާ ކޮށްފައިވަނީ ސަރުކާރުން އެމީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި ސަރުކާރުން އެބަދަލު ސީލައިފް ގުލޯބްގެ ކިބައިން ބޭނުންނަމަ ސަރުކާރުންވެސް ޖެހޭނީ މައްސަލަ ހުށައަޅަން ކަމަށެވެ.

ދައުވާ ކުރި މީހުން ބުކިންގް ފީއާއި އެޑްވާންސްގެ ގޮތުގައި 22 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމަށް ވަނީ ދައުވާ ކޮށްފައެވެ. 3000 ފްލެޓް އަޅަން ސީލައިފްއާއި ހަވާލްކޮށް ބިންގާ އަޅާފައިވަނީ 2014 ވަނަ އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް