ދުބާއީގައި ނޭބަހުޑް ޕޮލިސް ތައާރަފް ކޮށްފި

ދުބާއީގައި "ޕޮލިސް އިން ޔުއަރ ނެއިބަރހުޑް" ގެ ނަމުގައި ނޭބަހުޑް ޕޮލިސް ހިދުމަތް ތައާރަފް ކޮށްފިއެވެ. މި ހިދުމަތް ދުބާއީގައި ތައާރަފް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ދުބާއީ ޕޮލިސް ވަލަންޓިއަރުންނ...

07 Jan 2019 | 05:29

ދުބާއީގައި "ޕޮލިސް އިން ޔުއަރ ނެއިބަރހުޑް" ގެ ނަމުގައި ނޭބަހުޑް ޕޮލިސް ހިދުމަތް ތައާރަފް ކޮށްފިއެވެ.

މި ހިދުމަތް ދުބާއީގައި ތައާރަފް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ދުބާއީ ޕޮލިސް ވަލަންޓިއަރުންނާއި ދުބާއީ ފުލުހުންނާއެކު ދުބާއީ ޕޮލިސް އޮފިސާސް ކްލަބުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ހިދުމަތް ތައާރަފް ކުރުމަށްފަހު ދުބާއީ ފުލުހުން ބުނެފައިވަނީ ނޭބަހުޑް ފުލުހުން ހަރަކާތްތެރިވަމުންދާނީ އާންމުންނާއި ގާތުން ކަންކަން ހައްލު ކުރުމަށް ކަމަށާއި އެގޮތުން ކުށްތަކުގެ ރޭޓް ދަށް ކުރުމަށް އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު އާންމު ރައްޔިތުންނާއި ގުޅިގެން ނޭބަހުޑް ފުލުސް އޮފިސަރުން ހަރަކާތްތެރިވާނެކަމަށް ބުނެފައިވެއެވެ.

ދުބާއީގައި ނޭބަހުޑް ފުލުހުންގެ ހިދުމަތް ތައާރަފް ކޮށްފައިވާއިރު ދުބާއީއަށްވުރެ ކުރިން ރާއްޖޭގައި ނޭބަހުޑް ފުލުހުންގެ ހިދުމަތް ވަނީ ތައާރަފް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް