ސިނގިރޭޓާއި ހަކުރު ގިނައިން އެކުލެވޭ ބުއިންތަކުން އިތުރެ ޓެކުހެއް ނެގުމަށް ޕާކިސްތާނުގެ ސަރުކާރުން ތައްޔާރުވާން ފަށައިފިއެވެ.
ޕާކިސްތާނުގެ ކަމާއިބެހޭ އިދާރާތަކުން ހާމަކޮށްފައިވާގޮތުގައި މި ޓެކްސް އަށް ކިޔަން ނިންމާފައިވާ ނަމަކީ "ސިން ޓެކްސް" އެވެ. މި ޓެކްސްގެ ދަށުން ކޮންމެ ސިނގިރޭޓަކުން އިތުރަށް ދިހަ ރުޕީސް އަދި ހަކުރު ގިނަ 250 ލިޓަރުގެ ކޮންމެ ފުޅިއަކުން 1 ރުޕީސް އިތުރަށް ނެގޭނެކަމަށް ބުނެފައިވެއެވެ.
ޕާކިސްތާނުގެ ސިއްހަތާއިބެހޭ ވުޒާރާއިން ހާމަކޮށްފައިވާގޮތުގައި މި ޓެކްސް ނަގަން ފެށުމުން ސަރުކާރަށް އަހަރަކު 60 ބިލިއަން ރުޕީސް އިތުރަށް ލިބޭނެކަމަށް އަންދާޒާ ކުރެވެއެވެ. އަދި އެ ފައިސާ ބޭނުންކުރާނީ ސިއްހީ އިންސުއަރެންސް ހިދުމަތްތަކަށް ކަމުގައި ބުނެފައިވެއެވެ.
މިފަދަ ބަދަލެއް ގެންނަން ޕާކިސްތާނުގެ ސަރުކާރުން މަސައްކަތް ފަށާފައިވާނަމަވެސް މިކަން ކާމިޔާބު ވުމާއިމެދު ސުވާލު އުފެދޭކަމަށް ޕާކިސްތާނުގެ މުރާސިލުން ދެކެއެވެ. އެއީ ގާނޫނު ހަދާ މަޖިލިސް ބޮޑެތި ވިޔަފާރިވެރިން ކޮންޓްރޯލު ކުރާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް