ހާލު ދެރަ ބަލިމީހަކު މާލެ ގެނައުމުގައި ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

ގއ.ވިލިނގިލީގައި ހުންނަ ގއ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިރޭ މާލެ ގެނެސްދީފިއެވެ. އެމްއެންޑީއެފުން ބުނެފައިވާގގޮތުގައި ރޭ 01:40 ހާއިރު މާ...

07 Jan 2019 | 00:58

ގއ.ވިލިނގިލީގައި ހުންނަ ގއ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިރޭ މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފުން ބުނެފައިވާގގޮތުގައި ރޭ 01:40 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 54 އަހަރުގެ ފިރިހެނެކެވެ. މި މީހާ މާލެ ގެނެސްދީފައިވަނީ ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ގއ.އަތޮޅު ހޮސްޕިޓަލުން މިމީހާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމުންނެވެ.

އެމްއެންޑީއެފުން އިތުރަށް ބުނެފައިވާގޮތުގައި ވިލިނގިލިން ގެނައި ބަލި މީހާ އާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރު ޖެއްސީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. މި މީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް