ސްޓޫޑިއޯއެއްގެ ތެރޭގައި އަންހެންކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފި އެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ ގދ ތިނަދޫ، ހުޅަނގުގޭގައި ހުއްޓާ، ރޭ 11:05 ހާއިރުގައި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑީއާ އޮފިސަރު ވިދާޅުވީ އެ މައްސަލައިގާ 34 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ކުރެހުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރާ ހަސަން ފާއިޒް (ޖޭސަން) އެވެ.
ސުޓޫޑިއޯއެއްގައި 19 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފައިވަނީ ހުކުރު ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް