އަދީބުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްތައް ބާތިލުކޮށްފައިވާއިރު އަނދިރި ކުޑަގޮޅިން ސަލާމަތް ކޮށްދެއްވީތީ މާތް ﷲ ސުބްހާނަހޫ ވަތައާލާއަށް ޝުކުރުވެރިވާކަމުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ވިދާޅުވެއްޖެއެވެ.
އަދީބު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އަލް އަންބިއާ ސޫރަތުގެ 87 ވަނަ އާޔަތާއި އެ އާޔަތުގެ މާނައާއެކު ކުރެއްވި ޓްވީޓްގައި އަދީބު ވިދާޅުވެފައިވަނީ އެ ކުޑަ ގޮޅީގައި އެކަނި އަނދިރީގައި، ބަލި ހާލުގައި، އެތައް އަހަރުތަކެއް ވަންދެން އެންމެ ގިނައިން ކުރި ދުއާ އިޖާބަކޮށްދެއްވާ، އިންސާފު ހޯދާދެއްވާ ސަލާމަތް ކޯށްދެއްވި މާތް ﷲ ސުބްހާނަހޫ ވަތައާލާއަށް ޝުކުރު ކުރާ ކަމަށެވެ.
"އަލަހްމަދުލިﷲ" ޝުކުރުގެ ޓްވީޓް ނިންމަވާލައްވަމުން އަދީބު ވިދާޅުވެފައިވެއެވެ.
https://twitter.com/Ahmed_Adeeb/status/1134015670847361024
އަދީބުގެ މައްޗަށް ކޮށްފައިވާ ތިން ހުކުންވެސް ބާތިލު ކޮށްފައިވީނަމަވެސް އަދީބު އަދި ހުންނެވީ ގޭބަންދުގައެވެ.
[contentcards url="https://dhuvas.mv/87678" target="_blank"]
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް