އައްޑޫގައި ބަންދުގައި ތިބި ބަޔަކު ދެ ފުލުހެއްގެ ގަޔަށް ލައްފިލުވާ ޖަހައިފި

އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ތިބި ދެމީހަކު ދެ ފުލުހެއްގެ ގަޔަށް ލައްފިލުވާ ޖަހައިފި އެވެ. މިހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު4:30 ހާއިރު އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހު...

06 Dec 2021 | 18:55

އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ތިބި ދެމީހަކު ދެ ފުލުހެއްގެ ގަޔަށް ލައްފިލުވާ ޖަހައިފި އެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު4:30 ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހުން ލައްފިލުވާ ޖެހީ ދެ ފުލުހުންްގެ ލޮލަށް ކަމަށެވެ. އެ ދެ ފުލުހުންނަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި ހާދިސާ އާއި ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމައެއް ނުކުރެ އެވެ. އެހެންވެ ފުލުހުންނަށް އެ ދެމީހުން ހަމަލާދޭން ޖެހުނު ސަބަބެއް ނޭނގެ އެވެ.

ފުލުހުން ބުނީ މައްސަލަ ބަލަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް