ރޮނާލްޑޯގެ ސަބަބުން ޓީމަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބެމުންދޭ – ފްރެޑް

ރޮނާލްޑޯގެ ފަރާތުން ޓީމަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށާއި ޚާއްޞަކޮށް ޗޭންޖިން ރޫމުގައި ރޮނާލްޑޯ ދޭ ލަފާތަކުގެ ސަބަބުން ހިއްވަރު ލިބެމުން އަނަނަ ކަމަށް ޔުނައިޓެޑަށް ކުޅެމުން އަން...

06 Dec 2021 | 16:43

ރޮނާލްޑޯގެ ފަރާތުން ޓީމަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށާއި ޚާއްޞަކޮށް ޗޭންޖިން ރޫމުގައި ރޮނާލްޑޯ ދޭ ލަފާތަކުގެ ސަބަބުން ހިއްވަރު ލިބެމުން އަނަނަ ކަމަށް ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލް މިޑްފީލްޑަރ ފްރެޑް ބުނެފިއެވެ.

އެންމެ ފަހުން ލީގުގައި ކްރިސްޓަލް ޕެލަސްއާއި ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖަހައިދިން ފްރެޑް ބުނީ ކުރިން ބޮޑެތި ޓީމުތަކާއި ދެކޮޅަށް ކުޅެން އުނދަގުތަކާއި ކުރިމަތިވި ނަމަވެސް މިހާރު ރޮނާލްޑޯ ކަހަލަ ކުޅުންތެރިއަކު ޓީމުގެ ހުރުމުން ހިއްވަރު ލިބިގެންދާކަމަށެވެ.

ފްރެޑް ބުނީ ޗޭންޖިން ރޫމުގައި ރޮނާލްޑޯ ދޭ އިރުޝާދުތައް ހުރިހާ ކުޅުންތެރިންވެސް އަޑުއަހާ ޤަބޫލް ކުރާ ކަމަށާއި ހުރިހާ ކުޅުންތެރިންވެސް ދެކޭ ގޮތުގައި ވެސް ރޮނާލްޑޯ ފަދަ ތަޖުރިބާކާރު ކުޅުންތެރިއެއްގެ ލަފާޔާއި އިރުޝާދު ޓީމުގެ އެހެން ކުޅުންތެރިންނަށް ލިބެމުން ދިއުމަކީ ލިވޭ ޝަރަފެއް ކަމަށެވެ.

" ކޮންމެ މެޗެއް ވެސް ފެށުމުގެ ކުރިންނާއި މެޗެއް ކުޅެމުން ދާއިރުގައިވެސް ރޮނާލްޑޯގެ ވަރަށް މުހިންމު އިރުޝާދުތަކެއް ޓީމަށް ލިބެމުންދޭ، އެކަމުން ހުރިހާ ކުޅުންތެރިންވެސް ހިތްވަރު ލިބިގަނޭ. ރޮނާލްޑޯ ފަދަ ކުޅުންތެރިއަކު ޓީމުގައި ހުރުމަކީ އުފަލެއް، ލިބޭ ޝަރަފެއް." ފްރެޑް ބުންޏެވެ.

ފްރެޑް ބުނީ ޗޭންޖިން ރޫމުގެ އިތުރުން ބެންޗުގައި އިނަސް އަދި ދަނޑު މަތީ ކުޅެން އަރާ ހުއްޓަސް ރޮނާލްޑޯގެ އިރުޝާދުތައް ޓީމަށް ލިބެމުންދާކަމަށެވެ. އެހެން ކަމުން ވަރަށް ހިތްހަމަ ޖެހޭ އިޙުސާސްތަކެއް އެންމެންނަށް ވެސް ކުރެވޭ ކަމަށް ފްރެޑް ބުންޏެވެ.

ފްރެޑްގެ އިތުރުން މިޑްފީލްޑަރ ޓެލޭސް ވެސް ވަނީ ރޮނާލްޑޯ ޓީމަށް ދޭ އިރުޝާދުތަކުގެ ސަބަބުން ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް