ގދ. މަޑަވެލި ކައުންސިލް މެމްބަރު އަޒުހަރު އަބްދުﷲ ސައީދު (އަޒްހާޓް) ގެ ސައިކަލު އެ ރަށު މަގެއްގައި ދުއްވާފައި ދަނިކޮށް ޗަކަގަނޑަކަށް ގަނބައިގަތުމުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް) އެހީތެރިވެއްޖެ އެވެ.
ކާނަލް ނާޒިމާއި އެމްއެންޕީގެ ޓީމު އެ ރަށަށް ގޮސްގެން އުޅެނީ ގދ. އަތޮޅުގެ ރަށްތަކަށް ކުރަމުންދާ ދަތުރެއްގައި އެވެ. މި ދަތުރަކީ އެމްއެންޕީއަށް މެމްބަރުން
އިތުރު ކުރުމަށް ކުރާ ދަތުރެކެވެ.
މި ދަތުރުގެ ތެރެއިން ހިނގި މަޖާކަމެއް ހިއްސާ ކުރަމުން އެމްއެންޕީގެ އަންހެނުންގެ ވިންގުގެ އިސްލީޑަރެއް ކަމަށްވާ ދުންޔާ މައުމޫން ފޭސްބުކްގައި ވިދާޅުވީ އަޒާޓު ދުއްވަމުން ދިޔަ ސައިކަލް މަގުމައްޗަށް ގަންބައިގެން ދިޔައީ ކަމަށެވެ. އޭނާ ވިދާޅުވީ ނސައިކަލް ނަގައިދިނީ އެމްއެންޕީގެ ރައީސް ނާޒިމްގެ އެހީތެރިކަމާއި އެކު ކަމަށެވެ.
ދުންޔާ ވަނީ އެއީ ޓީމް ވޯކު ދައްކައިދޭ އެކަކު އަނެކަކަށް އެހީވުމުގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.
ދުންޔާގެ މި ޕޯސްޓަށް ކޮމެންޓު ކުރި ގިނަ ބަޔަކު ދަނީ ތަފާތު އެއްޗެހި ކިޔަމުންނެވެ. އެގޮތުން މިއީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީއަށް ވާނެ ގޮތް ކަމަށް މީހަކު ބުނެފައިވާއިރު އެހެން މީހަކު ބުނީ އެއީ ފޮޓޯގަނޑެއް ނަގާލަން ނާޒިމް ކުރެއްވި ކަމެއް ކަމަށާއި މިހާރު ރައްޔިތު މީހާ ބުނެފިއްޔާ ގުދައްވެސް އޮންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް