ތާޖުއްދީން ސްކޫލުން ވަގަށް ނެގި ޓެބްލެޓުތައް ހޯދައިފި

ރޭގެ ދަންވަރުގެ ވަގުތެއްގައި ތާޖުއްދީން ސްކޫލް ފަޅާލައި، އެ ސްކޫލުގެ ސްޓާފްރޫމުން ވަގަށް ނެގި ޓެބްލެޓްތަކަކާއިި ދަބަހެއް ހޯދައިފިއެވެ. ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު ލިބިފައި ވ...

06 Dec 2021 | 14:47

ރޭގެ ދަންވަރުގެ ވަގުތެއްގައި ތާޖުއްދީން ސްކޫލް ފަޅާލައި، އެ ސްކޫލުގެ ސްޓާފްރޫމުން ވަގަށް ނެގި ޓެބްލެޓްތަކަކާއިި ދަބަހެއް ހޯދައިފިއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 10:28 ހާއިރު ކަމަށެވެ.

ފުލުހުން މީޑިއާ އަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ވަގަށް ނަގާފައި ވަނީ ހަތް ޓެބްލެޓަކާއި އަތް ދަބަހެކެވެ.

މި މައްސަަލަ ފުލުހަށް ހުށަހެޅުމާއެކު، ގެއްލުނު ތަކެތި ހޯދާފައި ވަނީ ސީސީޓީވީ ކެމެރާގެ އެހީގައި ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އަދި މި ތަކެތި ހޯދާފައި ވަނީ މާލޭގެ ގެއެއްގެ ތެރެއިން ކަމުގައިި ހާމަކޮށްފައި ވެއެވެ.

ފުލުހުން އިތުރަށް ވިދާޅުވެފައި ވަނީ މި މައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަަލަމުން އަންނަ ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް