އެތެރޭގެ އުދުހުންތަކުގެ ބައެއް ދަތުރުތަކުގައި މިހާރު ބުއިމެއް ނުލިބޭނެ!

އެތެރޭގެ އުދުހުންތަކުގެ ބައެއް ދަތުރުތަކުގައި މިހާރު ބުއިން ނުދޭގޮަތަށް ހަމަޖައްސައިފި އެވެ. މިގޮތަށް އަމަލު ކުރަން ފެށީ ސިވިލް އޭވިއޭޝަންގެ އެންގުމަކާއި ގުޅިގެންނެވެ. ގައުމީ އެއާލައިން މޯލްޑިވިއަންއި...

06 Dec 2021 | 12:37

އެތެރޭގެ އުދުހުންތަކުގެ ބައެއް ދަތުރުތަކުގައި މިހާރު ބުއިން ނުދޭގޮަތަށް ހަމަޖައްސައިފި އެވެ.

މިގޮތަށް އަމަލު ކުރަން ފެށީ ސިވިލް އޭވިއޭޝަންގެ އެންގުމަކާއި ގުޅިގެންނެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންއިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ސިވިލް އޭވިއޭޝަންގެ އެންގުމާއި ގުޅިގެން އެއް ގަޑިއިރަށްވުރެ ކުރު ދަތުރުތަކުގައި ބުއިން

ދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އަވަސް މުސްތަގުބަލެއްގައި އެ ހިދުމަތް އަލުން ދޭން ފެށޭނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެފައިވެ އެވެ.

ސިވިލް އޭވިއޭޝަނުން މިގޮތަށް އެންގީ ކޯވިޑާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

ސިވިލް އޭވިއޭޝަނުން އާންމުކޮށްފައިވާ ސާކިއުލާގައި ބުނީ ޑޮމެސްޓިކް ދަތުރުތަކުގައި ކޮވިޑްގެ އަލާމާތެއް ހުރިތޯ ކޮންމެ ފަސިންޖަރެއް ވަކިން ބަލަންވާނެ ކަމަށެވެ. އަދި ފަސިންޖަރުން ތިބެން ޖެހޭނީ މާސްކް އަޅައިގެން ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް