ވިލިމާލޭގައި ހުންނަ ސިނަމާލެ ހަތަރެއްގެ ފްލެޓުތައް އަމިއްލަ ނަމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އަމިއްލަ ނަމަށް ރެޖިސްޓްރީ ކުރަން ބޭނުންވާ ފްލެޓުތަކުގެ ވެރިންނަށް މިއަދުން ފެށިގެން ދެ މަސްދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެކަމަކު އެކަމަށް އެދެވޭނީ ފްލެޓާއި ގުޅިގެން ސަރުކާރަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކާ ހަލާސް ކުރުމުންނެވެ.
ސިޓި ކައުންސިލުން ބުނީ ދައްކަން ޖެހޭ ފައިސާ މިމަހުގެ ނިޔަލަށް އެއް ފަހަރާ ދެއްކެއް ނެތްނަމަ އެކަން އަންގަންވާނެ ކަމަށެވެ. އަދި މަޝްވަރާކޮށްގެން އިތުރު
ގޮތްތަކެއް ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށް ބުންޏެވެ.
ސިޓީ ކައުންސިލުން މި އިއުލާނު މި ކުރީ ސިނަމާލެ4 ގެ31 ފްލެޓެއް އަދިވެސް ރެޖިސްޓްރީ ނުކޮށްދީ އޮތުމުން އެ ފުރުސަތު ހަމަޖައްސައި ދިނުމަށް ވިލިމާލޭ ކައުންސިލަރު ނަހުލާ އަލީ ކައުންސިލަށް ހުށަހަޅަޅާފައިވަނިކޮށެވެ. ނަހުލާ ހުށަހެޅުއްވީ ކުލި ދައްކަމުންދާ މީހުންނަށް އަލުން އިއުލާނުކޮށް، އިތުރު ފުރުސަތެއް ދީ ފައިސާ ހަލާސްކުރުމަށް ފަހު ފްލެޓް އަމިއްލަ ކުރެވޭނެ ގޮތް ހަދައިދިނުމަށެވެ.
ސިނަމާލެ4 ގެ ފްލެޓުތައް ފައިސާ ދެއްކުމަށް ފަހު އަމިއްލަ ނަމަށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ދިނީ2004 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް