ދެ ގައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންގެ ފަތްކޮޅު ރައީސް ސޯލިހަށް އަރުވައިފި

ދެ ގައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންގެ ފަތްކޮޅު ރައީސް ސޯލިހަށް އަރުވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފަތްކޮޅު އަރުވާފައިވަނީ އޮސްޓްރިއާއިން ރާއްޖެއަށް އަލަށް...

06 Dec 2021 | 11:55

ދެ ގައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންގެ ފަތްކޮޅު ރައީސް ސޯލިހަށް އަރުވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފަތްކޮޅު އަރުވާފައިވަނީ އޮސްޓްރިއާއިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު، ކެތެރީނާ ވީޒާއާއި ޓިއުނީޝިއާއިން ރާއްޖެއަށް ކަނޑައެޅި ސަފީރު ހަޔަތު ތަލްބީ އެެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ދެ ބޭފުޅުންނާ ވަކިވަކިން ވަނީ ބައްދަލުކުރައްވާފަ އެވެ.

އޮސްޓްރިއާގެ ސަފީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހިންނަަށް އޮސްޓްރިއާ ވިސާ ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަދި ރާއްޖެއާއި އޮސްޓްރިއާއާ ދެމެދު ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވެސް ވަނީ މަޝްވަރާކުރައްވާފަ އެވެ.

މީގެ އިތުރުން އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާ ގުޅޭ ގޮތުންނާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ކޮވިޑުގެ ހާލަތާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާއިރު، ސަފީރު ކެތެރީނާވަނީ މި ބަލިން ދިފާއުވުމަށް ރާއްޖެއިން ކުރި މަސައްކަތްތަކަށް ތައުރީފްކުރައްވާފަ އެވެ.

ޓިއުނީޝިއާއިން އަލަށް ކަނޑައެޅުއްވި ސަފީރު ތަލްބީއާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި ދެ ގައުމުން ވެސް ބޭނުންވާ އަމާޒަށް ވާސިލުވާން ޓިއުނީޝިއާއާއެކު ރާއްޖެއިން މަސައްކަތްކުރާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ރައީސްވަނީ އދ.ގައާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ފަދަ ބައިނަލްއަގްވާމީ ފަރާތްތަކާއި ގުޅިގެން އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކޮށް، ސަލާމަތީ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް