ކިނޮޅޮހުގެ ފެނާއި ނަރުދަމާ މަޝްރޫޢުގެ %71 މަސައްކަތް ނިމިއްޖެ

ރ. ކިނޮޅަހުގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ %71 ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރިއަށް ގެންދާ ކުންފުނި ކަމުގައިވާ އެމް.ޑަބްލިޔު.އެސް.ސީ އިން ވި...

06 Dec 2021 | 11:44

ރ. ކިނޮޅަހުގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ %71 ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރިއަށް ގެންދާ ކުންފުނި ކަމުގައިވާ އެމް.ޑަބްލިޔު.އެސް.ސީ އިން ވިދާޅުވެއްޖެއެވެ.

އެގޮތުން ކިނޮޅަހުގައި ފެންޕްލާންޓް ބަހައްޓަން އިމާރަތް ކުރާ ފެސިލިޓީ ބިލްޑިންގް އިމާރާތުގެ މަސައްކަތާއި 7.80 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓް ވާރކްގެ ހޮޅި ވަޅުލުމާއި އަދި ބޯހޯލު ތޮރުފުމުގެ މަސައްކަތް ވަނީ ނިމިފައި ކަމުގައި އެމް.ޑަބްލިޔު.އެސް.ސީ އިން މަޢުލޫމާތު ދެއެވެ.

މީގެ އިތުރުން، މިމަޝްރޫޢުގެ ދަށުން ކިނޮޅަހުގައި ގޭގެ އަށް ފެނުގެ ކަނެކްޝަން ގުޅައި ދިނުމުގެ މަސައްކަތާއި ފެން އުފެއްދުމަށްޓަކައި ބަހައްޓާ 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި އެ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފައި ކަމުގައި އެ ކުންފުނިން ވިދާޅުވެއެވެ.

މިމަޝްރޫޢުގައި ދަށުން ކިނޮޅަހުގައި 6.49 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކްގެ ހޮޅި ވަޅުލުމާއި، ޕަންޕިން ލައިން އެޅުމާއި، އަދި ގޭގެ އަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ނަރުދަމާ ނިޒާމުގެ ޕަންޕިން ސްޓޭޝަންތަކުގެ ކޮންކްރީޓް މަސައްކަތާއި ސީ އައުޓް ފޯލް ޤާއިމު ކުރުމުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ.

މީގެ އިތުރުން، ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު އެ މަޝްރޫޢުގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން މަޢުލޫމާތު ދެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 36 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް